IMF inn Tunisia ah 257 million dollar ge loan ehee eh
image
0 ކޮމެންޓް
 

އައިއެމްއެފް އިން ޓިއުނީޝިޔާއަށް 257 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޓިއުނީޝިއާއަށް 257 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ފޯރުކޮށްދީފިއެވެ.
ހުކުރު ދުވަހު އައިއެމްއެފް އިން ފޯރުކޮށްދިން ލޯނު އެހީއަކީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތިން ބިލިއަން ޑޮލަރުގެ ލޯނު ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.

އައިއެމްއެފް އިން ބުނި ގޮތުގައި އެ އެހީ ފޯރުކޮށްދިނީ ޓިއުނީޝިއާގެ އިގްތިސާދީ ހާލަތު ބެލުމަށްފަހުއެވެ.

މިއީ އައިއެމްއެފް އިން ޓިއުނީޝިޔާއަށް ފޯރުކޮށްދިން ދެވަނަ އެހީއެވެ.

އައިއެމްއެފް އިން މީގެ ކުރިން ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އެހީ ޓިއުނީޝިޔާއަށް ފޯރުކޮށްދީފައެވެ.
ހިޔާލު