Facebook Data Leak Massalaigai Cambridge Analytica Office Ah Fuluhun Vadhejje
image
އިނގިރޭސި ފުލުހުން ކެމްބްރިޖް އެނަލިޓިކާ އޮފީސް ފާސްކުރަނީ ފޮޓޯ:---
0 ކޮމެންޓް
 

ފޭސްބުކް ޑޭޓާ ލީކް މައްސަލާގައި ކެމްބްރިޖް އެނަލިޓިކާ އޮފީހަށް ފުލުހުން ވަދެއްޖެ

ފޭސްބުކް ބޭނުން ކުރާ ފަރާތްތަކުގެ މައުލޫމާތު ހުއްދަނޫން ގޮތްގޮތަށް ހޯދިކަމުގެ ތުހުމަތު ކުރެވޭ ކެމްބްރިޖް އެނަލިޓިކާގެ އޮފީހަށް އިނގިރޭސި ފުލުހުންގެ އައި.ސީ.އޯ ޑިޕާޓްމަންޓުގެ ޓީމެއް ވަދެއްޖެއެވެ.
ހުކުރު ދުވަހު އެގައުމުގެ ކޯޓަކުން ނެރުނު ފާސް ކުރުމުގެ އަމުރާއެކު ކެމްބްރިޖް އެނަލިޓިކާގެ އޮފީހަށް ފުލުހުންވަދެ އޮފީސް ފާސްކޮށް ނިންމާލާފައިވާއިރު އެޕޮރޭޝަނަށް ވަނީ 7 ގަޑިއިރުގެ މުއްދަތަކަށް އޮފީސް އަދި އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ.

އޮފީސް ފާސްކޮށް ނިންމާލުމަށްފަހު އިނގިރޭސި ފުލުހުންގެ އައި.ސީ.އޯ ޑިޕާޓްމަންޓުން ވަނީ ބައެއް ލިޔެކިޔުންތަކާ އިލެކްޓްރޯނިކް އިކިއުޕްމަންޓުތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ހެކީގެ ގޮތުގައި ގެންގޮސްފައެވެ.

ފޭސްބުކް ޑިލީޓު ކުރުމަށް ގޮވާލާ ކެމްޕެއިން ފަށާފައިވާއިރު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ކުރިން 176 ޑޮލަރަށް އުޅުނު ޝެއާގެ އަގު ވަނީ ހުކުރު ދުވަހާ ހަމައަށް 156 ޑޯލަރަށް ވެއްޓިފައެވެ.

އޭޕީއައިއެއްގައި ހުރި މައްސަލައެއް ހައްލު ކުރުމުގައި ފޭސްބުކުން ފަރުވާކުޑަ ކުރުމާއި ގުޅިގެން 50 މިލިއަންއަށް ވުރެ ގިނަ މީހުންގެ މައުލޫމާތުތައް ލީކުވެފައިވާ ކަމަށް އެއްބަސްވެ ފޭސްބުކްގެ ކޯ ފައުންޑަރ މާކް ޒަކަބާގް ވަނީ މިކަމަށް އާއްމު ބަޔާނެއްގައި މައާފަށް އެދިފައެވެ.
ހިޔާލު