Call aai SMS ge mauloomaath facebook inn ehkuraakah falhaa araifi
image
0 ކޮމެންޓް
 

ކޯލާއި އެސްއެމްއެސްގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަން ފަޅާ އަރައިފި

ފޭސްބުކް އިންސްޓޯލްކޮށްފައިވާ އެންޑްރޮއިޑް ޑިވައިސްތަކުގައިވާ ކޯލް ރެކޯޑްސް އާޢި އެސްއެމްއެސް ޑޭޓާ ގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަށް ފަޅާ އަރައިފިއެވެ. kobadoctor
ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެންޑްރޮއިޑް ޑިވައިސްތަކުގައިވާ ކޯލް ރެކޯޑްސް އާއި އެސްއެމްއެސް ޑޭޓާގެ މައުލޫމާތު ފޭސްބުކުން އެއްކުރާތާ އަހަރުތަކެއް ވަނީވެފައެވެ.

ފޭސްބުކްގައިވާ "ޑައުންލޯޑަބަލް ފޭސްބުކް ޑޭޓާ ފައިލް" ގައި ފޯނުގެ ކޯލް ހިސްޓްރީގެ މައުލޫމާތު ހިމެެނިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބައެއް އާންމުންވެސް ވަނީ ބުނެފައެވެ.

އައިއޯއެސް ޑިވައިސްތަކުން އެ މައްސަލަ ފާހަގަކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޭސްބުކްގެ އިތުރު މައްސަލައެއް ފެންމަތިވެފައިވާއިރު، ފޭސްބުކުން އެތައް މިލިއަން ބައެއްގެ ޑޭޓާ ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާ އިން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފޭސްބުކް ބޭނުން ކުރި އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، ގޯސް ހެދިފައިވާ ކަމަށް ފޭސްބުކުން ވަނީ އެއްބަސްވެފައެވެ. ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް އެ ކުންފުންޏަށް ބައެއް ކަންކަން ކުރެވިފައިވާ ކަމަށެވެ.
ހިޔާލު