Sarukaaraai idhikolhu amaluthah councilthakun kuraanama nizaamah loalhun araane: Home Minister
image
ހޯމް މިނިސްޓަރު އަޒްލީން-- ފައިލް ފޮޓޯ
3 ކޮމެންޓް
 

"ސަރުކާރާއި އިދިކޮޅު އަމަލުތައް ކައުންސިލްތަކުން ކުރާނަމަ ނިޒާމަށް ލޮޅުން އަރާނެ"

އެއިރެއްގައި އުފެދިފައިވާ ގާނޫނީ ސަރުކާރާއި އިދިކޮޅު އަމަލުތަކެއް ކައުންސިލްތަކުން ކުރާނަމަ ލާމަރުކަޒީ ނިޒާމަށް ލޮޅުންތަކެއް އަރާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. Dhiraagu
އެލްޖީއޭގެ ފަރާތުން ކައުންސިލްތަކަށް ދޭ "ކަންގަތި" އެވޯޑު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއްގެ އިހުސާސްވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިނަމަ ލާމަރުކަޒީ ނިޒާމު ހަލާކުވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ ކުރިއެރުވުމާއި ތަރައްގީއަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ވެރިއަކު ހޮއްވަވާ ކަމަށާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

އެ ޒިންމާގެ ތެރެއިން ހިދުމަތް ދިނުމުގައި ކުރީ ސަފުގައި ތިބެނީ ކައުންސިލަރުން ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި އެލްޖީއޭ އިން ނުވަ ކައުންސިލެއްގެ 20 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތައް ރޫޅާލާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސުން ބޭރުން ކައުންސިލަރުން މަސައްކަތްކުރާ ނަމަ އެއަށް އަޅަންޖެޙޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. ކިތާބީ ހެކި ލިބުމުން ނޫނީ އެއްވެސް ކައުންސިލަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާލު

މަންސޫރު

އެންމެ ފުރިހަމަ މާނައިގަ ފެޑްރަލް ދައުލަތެއް ގާއިމު ނުކޮށް މިކަން ހައްލެއް ނުވާނެ. މާލޭގަ ކޮންމެ ސަރުކާރެއް އޮތަސް ނުހޮރުއްޕާނަކަށް މިވަނީ

ހަޖަމް

ކަލޭ މޮޔަނުގޮވާ އަޒުލީން، ތީ ހަމަފިތިބާރުވެފަ ހުރިމީހެއް.

އަލިމަކް

ލިޔަންކިޔަންނޭގޭ މީހުންއުޅޭވައްތަރަށް ސަރުކާރުން އުޅެންފެށުމުންވެސް ނިޒާމަށް ބުރޫއަރާ. އަދި ހަމަބުއްދި ހުންނަ މީހުން ބޮލުގައި ވެސްރިއްސާ