Bappa ge ah badhal kurey: Dunya Maumoon
image
ދުންޔާ ރަސްމިއްޔާތެއްގައި: ފައިލް ފޮޓޯ
5 ކޮމެންޓް
 

ބައްޕަ ގެއަށް ބަދަލުކުރޭ: ދުންޔާ މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރުމަށް ރައީސް މައުމޫނުގެ ދަރިކަލުން ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫނު ގޮވާލައްވައިފިއެވެ.
ދުންޔާ މައުމޫނު މިމޭރުމުން ގޮވާލެއްވީ ރައީސް މައުމޫނު ހައްޔަރުކުރިތާ 50 ދުވަސް މިއަދަށް ވެފައިވަނިކޮށް ކުރެއްވި ޓްވިޓެއްގައެވެ.
ދުންޔާ ވަނީ ޤައުމުގެ ބައްޕަ އަދި ޤައުމު ބިނާކުރެއްވި ލީޑަރު ޖަލުގައި 50 ދުވަސް ކަމަށް ފާހަގަ ކުރައްވާ ބައްޕަ ގެއަށް ގެނައުމަށް ގޮވާލައްވާފައެވެ.

ކުއްލި ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން މިމަމުގެ 19 ވަނަ ދުވަހު ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.

ރައީސް މައުމޫނުގެ މައްޗަށް ޓެރަޒިޒަމްގެ ދައުވާއާއި ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހުށައެޅުއްވުމުގެ ދައުވާއާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ދައުވާވަނީ ކޮށްފައެވެ.
ހިޔާލު

ޓިނު

މަންޖޭ ތިކަން ކުރަންޏާ އައްޕަ ގާތުބުނޭ އަމާން ދޭށޭ؟

މޫސަ

އިސްލާޙުވާންވީ ވައްކަންކުރާ މީހުންތޯ މީހުން މަރާމީހުންތޯ. ނުވަތަ އިސްލާހަށް ގޮވާލާ މީހުންތޯ؟ ބަޔަކަށް މީހަކަށް ތާއީދުކުރިޔަސް މީހާވާންޖެހެނީ ލޮލަށް ނުފެނުނަސް އަޑުއިޭނަމަ ހަމަ ޤަބޫލުކުރާ މީހަކަށް

އަހުމަދު ނަސީރު ރ.މީދޫ

އަދި 5 ދުވަސް ފަހުން ކަމަނާގެ ބައްޕާފުޅު، 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، އަދި އެތައްބަޔަކަށް ޖަލުގައި ހަމައެއް ލަމައެއްނެތި އަނިޔާދިން ވެރިމީހާގެ އިތުރުން ގާތް އެތަކެއް ރައްޓެހިންނަށް ލޯނުތަކާއި ފުލެޓުތައްބެއްސެވި ގައުމު ބިނާކުރި ލީޑަރ މައުމޫން ގެއައް ބަދަލުކުރެވޭނެ.

އަހްމަދް

ބައްޕާފުޅު އިސްލާހު ވާން އިސްލާހް ޖާޑީގައި މީހާރު އެ އޮއްނެވީ! ބައްޕާފުޅު ދެން ގެއައް ބަދުލުކުރެވޭނީ މުޅިން އިސްލާހު ވީމަ.

ބޭބެ ޔާނު

މަންޖެ މިއަދު ގެއަށް ނުވަދެ ބޭރުގަ ދޯ ތިއުޅެނީ، މިއަދު ހަވީރު އިންނާނެ ބައްޕަ ގެއަށް ބަދަލުކޮށްފަ، ބަލާލައިގެން އެއްކެހި ކިޔާބަލަ