UNge Vafudhu Furaifi, Bunanee Ufendhuntheri Bahdhaluvunthakeh Kamah
image
އދގެ ވަފުދުން ޑރ.ޝައިނީއާއި ބައްދަލު ކުރައްވަނީ---
2 ކޮމެންޓް
 

އދގެ ވަފުދު ފުރައިފި، ބުނަނީ އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށް

އިދިކޮޅު ފަރާތްތަކާއި ސަރުކާރު އެއް މޭޒަކަށް ގެނެވޭނެ ގޮތެއް ހޯދުމަށް ރާއްޖެ އައި އދގެ ސިޔާސީ ކަންކަމާ ބެހޭ ޑިޕާޓުމެންޓުގެ ވަފުދުގެ ދަތުރު ނިންމާލުމަށްފަހު ރާއްޖެއިން ފުރައިފިއެވެ.
އދގެ ވަފުދު ފުރާފައިވަނީ އިއްޔެ ހަވީރުއެވެ. ރާއްޖޭގައި ހުންނަ އދގެ އިދާރާއިން ބުނެފައިވާ ގޮތުގައި ވަފުދު ރާއްޖެ އައި ސިޔާސީ ފަރާތްތަކާއި އެހެން ފަރާތްތަކާއެކު ބާއްވފައިވާ ބައްދަލުވުންތަކަކީ އުފެއްދުންތެރި ބައްދަލުވުންތަކެކެވެ.

އދގެ އެ ވަފުދުން ވަނީ އިދިކޮޅު ފަރާތްތަކާއި އަދި އިދިކޮޅު މައި ޕާޓީތަކާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ވެރިކަން ކުރާ ޕާޓީއާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ވީއެފްޕީއަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ވަފުދުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ގޮތަކީ ކޮބައިތޯ ބަލާފައެވެ. އަދި އެކަމަށް މިހާރު ހުރި ގޮންޖެހުންތައް ވެސް އޮޅުން ފިލުވިއެވެ.

އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން ދިން ދައުވަތާ ގުޅިގެން ސަރުކާރަށް އިތުބާރު ނުކުރާ ކަމަށާއި އދ މެދުވެރިވެގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ވަނީ ގޮވާލާފައެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އދއިން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވެއެވެ.
ހިޔާލު

މުޙައްމަދު

އ.ދ ފަސާދަ. މުޅިދުނިޔެ ފަސާދަ. ޔާމީނަށް ތާއީދުކުރާމީހުން ފަސާދަ ނުކުރާމީހުން. ކެނެރީގޭ ނަޝީދު. ދެންތިބީ ވެސް ގޭގޭގަ ރަޖިސްޓްރީ ކޮށްފަ ތިބިމީހުން. ނަޝީދަށް އެކަލޭގެ. ޔާމީނަށް މަނިކުފާނު. ތީތި ކަޑަ. ބޮޑުތަނުން ކަޑަ. އިޙުތިރާމް، ލޯބި، ތާއީދު، ރުހުން ލިބޭނީ އެސިފަތައް ހުރިބަޔަކަށް.

ޢަހްމަދް

ކެނެރީގެ ނަޝީދު މިނިވަންކޮށް އެކަލޭގެއަށް އިންތިޙާބުގައި ވާދަކުރެވޭގޮތް ހަދާދިނުމަށް އެދި އާދޭސް ކުރަން އައި އދ ގެ “ފަސާދަ” ޓީމު ފުރައިފި!