Myanmar Ge Raees Kamah Win Myint Hovijje
image
މިޔަންމާގެ ރައީސް ވިން މިންޓާއި އެގައުމުގެ ޕްރައިމް މިނިސްޓަރ އަންގް ޔަން ސޫކީ ފޮޓޯ:---
0 ކޮމެންޓް
 

މިޔަންމާގެ ރައީސް ކަމަށް ވިން މިންޓް

މިޔަންމާގެ ރައީސްކަމަށް ވިން މިންޓް އިންތިހާބު ވެވަޑައިގެންފިއެވެ.
ވިން މިންޓް ރައީސް ކަމަށް ހޮވިވަޑައިގަތީ މިޔަންމާގެ ކުރީގެ ރައީސް ހޫޓިން ކުއްލި ގޮތަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުކޮށްގެންނެވެ. މިޔަންމާގެ ރާއިސްކަމަށް ހޮވިފައިވާ ވިން މިންޓް އަކީ އެގައުމުގެ ޕްރައިމް މިނިސްޓަރ އާންގް ސަން ސޫކީގެ އަރިސް ބޭފުޅުކެވެ.

71 އަހަރުގެ ޔޯ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވީނަމަވެސް މަގާމުން އިސްތިއުފާދިން ދެއްވިވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެތަކެއް އަހަރުތަކެއްގެ އަސްކަރީ ވެރިކަމަކަށްފަހު މިޔަންމާގައި 2016 ވަނަ އަހަރު ނެގި ވޯޓުން ހޮވިވަޑައިގެން މަގާމާއި ހަވާލުވެވަޑައިގަތް ޔޯ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ދެރަވެ މަގާމުގައި އިތުރަށް ދެމިހުރުމުގައި ދަތިތަކަކާ ކުރިމަތިވާތީ ކަމަށެވެ.
ހިޔާލު