Shunana Bandaara naibu office ge Vakeel kamun isthiufa dhevaifi
image
ޝުނާނާ
3 ކޮމެންޓް
 

ޝުނާނާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުކަމުން އިސްތިއުފާ ދެއްވައިފި

ބަންޑާރަ ނައިބު އޮފީހުގެ އިސްވަކީލާ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ، އިސްތިއުފާ ދެއްވައިފިއެވެ. Dhiraagu
ފެބްރުއަރީ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ހިލާފަށްކަމަށް ވިދާޅުވެ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށް މީގެ ކުރިން ގޮވާލެއްވި ޝުނާނާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވިޓެއްގައެވެ.
ޝުނާނާ ވިދާޅުވީ ދިހަ ވަރަކަށް އަހަރު މަސައްކަތް ކުރެެއްވި އޮފީހުން އިސްތިއުފާ ދެއްވުމަކީ ނިންމަން އުނދަގޫވި ނިންމުމެއް ކަމުގައެވެ.

ނަމަވެސް އެނިންމުން ނިންމެވީ ކޮންމެހެން އެކަން ކުރައްވަން ޖެހިވަޑައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ރަނަގަޅު ހިދުމަތެއް ކޮށްދެއްވުމުގައި ދެމިހުންނެވޭނެކަމަށް އުއްމީދު ކުރައްވާކމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

ފެބްރުއަރީ 22 ވަނަ ދުވަހު ޝުނާނާވަނީ ކުއްލި ހާލަތު އުވާލުމަށް ގޮވާލާ ޓްވިޓެއް ކުރައްވާފައެވެ.

ޝުނާނާ 22 ފެބްރުއަރީގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލައްވާ ކަމުގައެވެ. ޝުނާނާވަނީ ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާއި ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފަހައްޓަން ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

ހަލީމާ

ކޮން މަޝްވަރާއެއް ކުރާކަށް ކިތަންމެ މަޝްވަރާއެއް ކުރިއަސް ތިމީހުން ހިނގަން ތިއުޅޭ ޖަރީމާއެއް ހިންގާ ނުނިމެނީހެއް ތިގަޑިއަކަށް ބަދަލެއް ނުގެންނާނެ އެއީ ހަމަޔަގީން ކަޝަވަރުކަމެއް

ސޖްނ

ވަރަށް ހިތްވަރު ގަދަ ވަކީލެއް.

7

ވަޒީފާއާގުޅޭ މައުލޫމާތާއި ތަޖުރިބާ ނެތްކަށް ގަބޫލްކުރެވޭނަމަ
އިސްތިއުފާ ދެއްވަން ޖެހޭނެއެވެ