Fake Email Eh Beynunkohgen Lazio Athun 1.75 Million Pound Feyrigenfi
image
0 ކޮމެންޓް
 

ފޭކް އީމެއިލްއެއް ބޭނުންކޮށްގެން ލާޒިއޯ އަތުން 1.7 މިލިއަން ޕައުންޑު ފޭރިގެންފި

ފޭކް އީމެއިލް "ސްކޭމް" އެއް ބޭނުންކޮށްގެން ހެކަރުންގެ ބަޔަކު އިޓަލީގެ ފުޓްބޯޅަ ކްލަބު ލާޒިއޯ އަތުން 1.75 މިލިއަނެއްހާ ޕައުންޑު ފޭރިގެންފިއެވެ.
ލާޒިއޯ އަތުން 1.75 މިލިއަން ޕައުންޑު ވަގަށްނެގި ފެޔެނޫޑުން އެޓީމާއި ގުޅުނު ސްޓެފަން ޑެވިޖްގެ ޓްރާންސްފާގެ އެންމެފަހުގެ އިންސްޓޯލްމަންޓު ދެއްކުމަށް އެދި ފެޔަނޫޑުން ފޮނުވި އީމެއިލްއެއްގެ ސިފައިގައި ފޮނުވި ފޭކް އީމެއިލްއެއް ބޭނުންކޮށްގެންނެވެ. މި ޓްރާންސްފާގެ މައުލޫމާތު އެންގިހުރި މީހަކު ނުވަތަ ބަޔަކު މިއީމެއިލް ފޮނުވާފައިވަނީ ފެޔެނޫޑުގެ ނަމުގައެވެ. އަދި މިއީމެއިލްގައި ވަނީ އެޓީމުގެ ބޭންކް އެކައުންޓުކަމަށް ބުނެ އެހެން އެކަންޓެއްގެ ނަމްބަރު ހިމަނާފައެވެ.

އީމެއިލްގައިވާ އެކައުންޓަށް ލާޒިއޯއިން ފައިސާ ޖަމާކޮށްފައިވާއިރު ފެޔެނޫޑުން ވަނީ އެއީ ކްލަބުގެ އެކައުންޓެއް އަދި އީމެއިލްއެއް ވެސް ނޫން ކަމަށް ބުނެފައެވެ. މިއާއެކު ލާޒިއޯއިން މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު މިހާތަނަށް ކުރެވުނު ތަހުގީގުން ހާމަވެފައިވާގޮތުގައި ފައިސާ ފޮނުވާފައިވަނީ ނެދަލެންޑްސްގެ އެކައުންޓަކަށެވެ.

ފަހަކަށް އައިސް އިންޓަނެޓުގެ ޒަރިއްޔާއިން އެކި އީމެއިލްތަކާއި މެސެޖުތައް ފޮނުވައިގެން ހެކަރުން އަންނަނީ އެތައް ބަޔެއްގެ އަތުން ފޭރެމުންނެވެ. މިފަދަ ހަމަލާތައް ރާއްޖޭގައި ވެސް އާއްމުވެފައިވާއިރު ދިވެހި ފުލުހުންނާއި ބޭންކުތަކުން އަންނަނީ މިފަދަ ރޭވުންތަކަށް ސަމާލުވެތިބުމަށް ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.
ހިޔާލު