Inzaaru dhin mahsala isnagaigen balanehaa hihvaru fuluhunge nethee!?
image
ޝަހީދު ހުސައިން އާދަމް ބިލްޑިންގް--ފައިލް ފޮޓޯ
11 ކޮމެންޓް
 

އިންޒާރުދިން މައްސަލަ އިސްނަގައިގެން ބަލާނެހާ ހިތްވަރު ފުލުހުންގެ ނެތީ!؟

ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ކުދި ކުދި ކޮށްލާނެ ކަމަށް ބުނެ ސަރުކާރުގެ ކޯޑިނޭޓަރަކު ދިން އިންޒާރުގެ މައްސަލަ އިސްނަގައިގެން ތަހުގީގުކުރަން ފުލުހުން ބޭނުންނުވާކަމަށް ބުނެ ބަޔާން ދިނުމުން ފުލުހުންނާ މެދު އަނެއްކާ ނުކިއްސަރު ވާހަކަ ދައްކާ ފުލުހުންނާ މެދު ސުވާލު އުފެއްދުމަށް ފުރުސަތު ލިބިއްޖެ އެވެ.
ވެރިކަންކުރާ ޕީޕީއެމުން މިދިޔަ ހުކުރު ދުވަހު ގއ. ވިލިގިލީ ބޭއްވި ޖަލްސާއެއްގައި ސައުދުއަށް އިންޒާރު ދީފައިވަނިކޮށް މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ހުށަހަޅައިފި ނަމަ ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ.

"އެ މައްސަލަ ހުށަހަޅައިފި ނަމަ ތަހުގީގު ކުރާނެ. އިތުރު ކޮމެންޓެއް ނެތް،" ސައުދުއަށް އިންޒާރު ދިން މައްސަލަ ތަހުގީގު ނުކުރަނީތޯ ވިއެފްޕީން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ސައުދުގެ ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ ސައުދަށް ދިން އިންޒާރު ފުލުހުން އަމިއްލައަށް އިސް ނަގައިގެން ނުބަލާ ދޫކޮށްލުމަކީ ކަނޑަ އެޅިގެން ފުލުހުންގެ ގާނޫނަ ހިލާފު އަމަލެއް ކަމަށެވެ.

ޝާހް ވިދާޅުވި ގޮތުގައި ޖިނާއި މައްސަލަތައް ދެބަޔަކަށް ބަހާއިރު، އެއް ކަމަކީ ކުދިކުދިން މައްސަލަކަމަށާއި އަނެއްބައި މައްސަލައަކީ ބޮޑެތި ޖިނާއީ މައްސަލަ އެވެ.

"މިސާލަކަށް ގަހަކުން މިރުހެން ވަގަށް ބިނދެ އެކަންކުރި މީހާ ފަޅައި އަރައިގެން އެ މައްސަލަ ނުބަލާ ފުލުހުންނަށް މަޑުކޮށްލެވިދާނެ. އެކަމަކު ފުރާނަ އަށް ނުރައްކާކުރާ ފަދަ ކުށަކީ ޓެރަރިޒަމް. އެ ފަދަ މައްސަލަތައް ވަގުން ބަލަން ޖެހޭނެ. ސައުދަށް އިންޒާރު ދިނުމަކީ ޓެރަރިޒަމުގެ އަމަލެއް. ނުބަލާ ނުތިބެވޭނެ. ނުބަލާ ތިބުނަމީ ޣައިރު ޒިންމާދާރު ކަމެއް،" ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ޝާހް ވިދާޅުވި އެވެ.

ސައުދަށް އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިނަމަ ބަލާނެކަމަށް ބުނުމާ ގުޅިގެން ވީއެފްޕީ އާ ވާހަކަ ދެއްކެވި ގިނަވަކީލުން ޝާހުގެ ވާހަކަތަކަށް ތައިދު ކުރައްވައެވެ. ސަބަބަކީ ސައުދަށް ދިން އިންޒާރަކީ މީހެއްގެ ފުރާނަ އަށް ނުރައްކާވާ ޒާތުގެ ޓެރަރިޒަމުގެ ކުށެއްކަމަށްވެފައި އެ އިންޒާރަކީ ފުލުހުންގެ މިންގަނޑުތަކަށް ބަލާއިރު ބޮޑު ކުށެއްކަމަށް ވާތީ އެވެ.

"މި ދައްކަނީ ކުޑަކުށެއްގެ ވާހަކައެއް ނޫން. މިއުޅޭނީ މީހަކު ކޮށާލާނެކަމަށް ބުނެގެން. އަނެއްކާ އެ ކޮށާލާނެކަމަށް ބުނެ އިންޒާރުދިނީ ސީދާ އާންމު އެއްވުމުގައި.އެތައް ބައެއްގެ ހާޒިރުގައި. ދައުލަތުގެ ވަޒީރުން ތިއްބެވި. އެ ފަދަ ތަނެއްގައި އެފަދަ އިންޒާރެއް ދިނުމުން ފުލުހުން ދެއަތް އުރާލައިގެން ތިބުމަކީ ވަރަށް ލަދުވެތިކަމެއް. އަނެއްކާ މައްސަލަ ހުށަހަޅައިފިނަމަ ބަލާނަމޭ ބުނުމަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފުކަމެއް،" ރާއްޖޭގެ ކަންތައްތައް މިވަގުތު ހުރިގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ވަހަކަ ދެއްކި ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޒާރު ދެނީ ކޮންމެ ފަދަ މީހަކަށްވިޔަސް ފުލުހުންގެ މުއައްސަސާގެ ގަދަރާއި ކަރާމާތަށްޓަކައި ނަމަވެސް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަންޖެހެއެވެ. އެހެން ނޫން ނަމަ ދުވަހަކު ވެސް ފުލުހުންގެ ބޮލުގައި އަޅުވަމުންދާ ބަދުނާމުން ސަލާމަތްވާނެ ގޮތެއް ނޯންނާނެވެ.

"ނިކަން ބަލާ މިދައްކަނީ ގައުމީ ފުލުހުންގެ ވާހަކަ. އެއީ ވަކި ބައެއްގެ ވަކި ވެރިއެއްގެ ތަނެއްނޫން. ވެރިކަންކޮށްފައި ވެރިމީހާ ދާނެ.އެކަމަކު ފުލުހުންގެ މުއައްސަސާ ހުންނާނެ. ރައްޔިތުން ތިބޭނެ. އެތަންވާންޖެހޭނީ އަބަދުވެސް ރައްޔިތުންގެ އިތުބާރު ލިބިފައިވާތަނަކަށް. އޭރުން ފުލުހުންގެ ހިދުމަތަކީ ބަލައިގަނެވޭވަރުގެ ހިދުމަތަކަށްވާނީ،" ނަން ޖަހަން ބޭނުންނުވާ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހަޅައިފި ނަމަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފައިވާ އިރު ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހީމް ރަޝީދު ސައުދު ކުދި ކުދި ކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައިވަނީ ވިދި ވިދި އޮޓެ އޮޓެގެ ނަމުގައި ވެރިކަން ކުރާ ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގއ.ވިލިގިލީގައި ބޭއްވި ޖަލްސާގައެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި އިބްރާހީމް ރަޝީދު ސައުދު ކުދި ކުދި ކޮށްލާނެ ކަމަށް އިންޒާރު ދީފައިވަނީ އެ ދާއިރާގައި ރައީސް އަބްދުﷲ ޔާމީނާއި ވާދަކޮށް ރައީސް ޔާމީން ބަލި ކުރާނެ ކަމަށް ސައުދު ވިދާޅުވެފައިވާތީއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ސައުދު އެހެން ބުނީ "ސައިޒު" އޮޅިގެން ކަމަށެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ސައުދު ވިލިގިލިން ގޯތި ދިން މީހުން ސައުދަށް ތާއީދުކޮށްފާނެ ކަމަށް ހީކުރި ނަމަވެސް އެއިން މީހަކު ވެސް މިހާރު ސައުދަށް ތާއީދު ނުކުރާނެ ކަމަށެވެ.

"ކިރިޔާ ނުސިޔާރު ގޮތަކަށް ބަލާލިޔަސް އޮޓެ އޮޓެ ވިދި ވިދި ކެރެފައި ވިދި ވިދި ކެރަންނޭކަން ނިކަން ރަނގަޅާ ހަނދާން ކެރަންނައިތި،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ސައުދު ކުދި ކުދި ކޮށްލާނެ ކަމަށް ބުނެ އެ އިންޒާރު ދިން ޖަލްސާ ޗެނަލް 13 އިން ވަގުތުން ގެނެސްދެމުން ދިޔަ އިރު، ސައުދުއަށް އިންޒާރު ދިން ހަބަރު ރާއްޖޭގެ ބޮޑެތި ހުރިހާ ނޫސްތަކެއްގައި ހެން ގެނެސްފައި ވެއެވެ.

ސައުދުއަށް އިންޒާރު ދިން މައްސަލަ ހުށަހަޅައިފި ނަމަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފައިވާތީ ފުލުހުންގެ ހިދުމަތާ މެދު މީގެ ކުރިން ސުވާލު އުފައްދާ ފަރާތްތަކަށްވަނީ އަނެއްކާވެސް ފުލުހުންގެ ހިދުމަތާ މެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިފައެވެ. އަދި ފުލުހުންގެ އެ ވާހަކަ އާއި ގުޅިގެން އުފެދޭ ސުވާލަކީ އެވަރުގެ ބޮޑު މައްސަލައެއްވެސް އިސްނަގައިގެން ބަލަން ނުކުރެވޭނީތޯއެވެ. ނުވަތަ ވަކި ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގެންފާނެތީ ހިމޭނުން ތިބީތޯ އެވެ.
ހިޔާލު

އަހުމަދު

ތިޔަތަނުގެ ވާހަކަ ދެއްކުމަށްވުރެނުދެއްކުންމާރަގަޅު... އެކަމަކު މި ހީވަނީ ވަކި ބައެއްގެ ކުންފުންޏެއްހެން...... ؟މިވަރުވީމަ ދޯ ބެހޭނެ

ޔާމިނުލް

ޕިންކް އެންޑް ބްލޫ އައި ލަވް ޔޫ، ވެފަ ތިއޮއްތީ. ދެން ޔެލޯ އަކަށް ޖެހޭނީ އެދެ ލޯބިވެރިންގެ މެދަށް ވަދެ ފަނިކުރަން. ވަރަށް އުނދަގޫވާނެ ވަރިކުރަން.

ވިލިނގިިލި ބެއްޔާ

ކަލޯ ސައުދު ކޮށާލާނެކަމަށް ބުނީ އެތަން ބައެއްގެ ކުރިމަތީގައި. އެމަކު އެ އިންޒާރުދިން ކަލޯ އެ އުޅެނީ. ހީވެސް ނުވޭ ކަމެއް ވެގެން އުޅޭހެން. ކިހާ ދެރަ. މިއީ ވެސް ގައުމެކޭ ކިޔާ

އިބުރޭ

އާން މަށަށްވެސް ހީވަނީ ފުލުހުން ތިޔަ ހަދަނީ ރަނގަޅަށްހެން. އަޅޭލާނެކަމެއްނެތް. އެނގިދާނެތާ ވާގޮތެއް.

ޕިންކް

ތިޔަ ހަދަނީ ރަނގަޅަށް. ބަލާނެކަމެއް ނެތް. ހުށަހެޅިއްޔާ އެޅީ ނޭލިއްޔާ ދޫކޮށްލާ ކީއްްކުރަން ބަލާކަން. ގަދަ ނަވާޒު

މަސްވެރިޔާ

ކަލޯ މަ އަޖަބު ވެއްޖެ ފުލުހުންގެ އަމަލުތައް ހުންނަގޮތުން ހީވަނީ ފުލުހުންގެ ހިދުމަތީ އެ ދުވަހަކު ބާރު އޮތް މީހުން ބޭނުން ގޮތަކަށް އަނބުރަން ގެންގުޅޭ ބުމަރެއްހެން ފުލުހުންގެ ހިދުމަތަކީ. ކިހާ ކަޑަދޯ އޭރުން. ބާރު ދިޔައީ ޖަލަށް ސަލީ ގައުމެއް

ޕޮލިސް މީހާ

މހާރު ކަންތައްތަ ހިނާގާ ގޮތުން ރަނގަޅުވާނީ ފުލުހުންގެ ހިދުމަތަކީ ރައީސް ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި ކުރާ ކަމެއްގެ ގޮތުގައި އޮތުން. އޭރުން މާ ސަޅިވާނެ. ބައެއް އިންސާނުންނަން ހީވަނީ ބާރެއް ލިބޭއިރަށް ބޭނުންހާ ގޮތެއް ހަދާނަމޭ. ފަހުން ތިމާ އަށް ދިމާވެދާނެ ނިކމަެތި ކަމެއްގެ މަތިން ހަނދާނެއް ނުނެތޭ. އަދި އިސްލާމްދީނުގެ ރީތި ސިފަތަކުގެ މަތިންވެސް ހަނދާން ނުހުރޭ ބާރު އޮތް ދުވަހު. ކިހާ ދެރަދޯ

ގައުމާއި ދީނަށްޓަކައި

ކަލޯ ގަޔާ މިއީ ވެސް ގައުމެއް. ފުލުހުން ޖެހޭނެދޯ މިއަށްވުރެ ސަޅިކޮށް ކަންކަންކުރަން. ފުލުހުންގެ ހިދުމަތް އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތަކުން ނޫން. ފުލުހުންގެ ހިދުމަތް އަންނަނީ ގާނޫނު އަސާސީންން. ގާނޫނު އަސާސީން އުފަންކުރުވުމަށް ބުނާ ހިދުމަތެއް އުފަންވަނީ ގާނޫނަކުން. ފަހަރެއްގަ ވެސް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމަކުން ނޫން. ނަމަވެސް ފެންނަނީ ރައީސް މީހާ ބުނާ ގޮތަށް ނުވަތަ ރައީސް މީހާ ހިތަހަމަނުޖެހިދާނެތީ ކަންކަން ކުރަން ފަސް ޖެހޭތަން. ކިހާ ދެރަދޯ. މަ ހިތައް އަރާ ފުލުހުންނޭ ކިޔައިގެން އުޅޭ މީހުންނަނަށް ދުނިޔޭގެ ކަންކަން ހިނގާ މަގު ނުފެންނަނީ ބާވައޭ. ނުވަތަ ގަސްދުގައި ތަހުޒީބުވާން ބޭނުންނުވަނީ ބާއްވައޭ. ޔަގީނުންވެސް ތަހުޒީބު ގައުމުތަކުން ކިޔަވައިގެން ތިބި ފުލުހުން ތިބޭނެދޯ. އެކަމަކު މި ދަނީ ޗޮކުންދޯ ފުލުހުންގެ ހިދުމަތް

ގަޓް

ކަލޯ ނަވާޒޫ. ހެޔޮނުވާނެ ތިހެން ހަދަން. ޔާމީނު ދެކެބިރުން ނަމަވެސް ތިޔަ ގޮތަށް ހެދޭމީ ފުލުހުންގެ އަގު މިވެއްޓެނީ. ކޮށާލާނެކަމުގެ އިންޒާރު ފާޅުގައި މީހަކު ދިނުމުން ތިޔަ އުޅެނީ ބަލަން ނުކެރިގެން. ނުވަތަ ބެލުމުގެ ބާރު ނެތީދޯ. ކިހިނެއް ދެން ހަދާނީ މަވެސް މހާރު ލަދުގަނޭ ފުލުހުންގެ ވަޒީފާގައި އުޅެވުނީމަ. ތިއީ ބޮޑުވަރު

ފާތޭ

މިއީ ވާ ފުލުހުންގެ އިދާރާއެއ ހުންނަ ގައުމެއްދޯ. މިއުޅެނީ މަރުގެ އިންޒާރުދިނީމަ އިސްވެ ބަލަން ނުކެރިގެން. މާ ރަނގަޅުވާނެ މި ތަނުގެ ތެރެގޭގެ ކަންކަން ބެލެހެއްޓުން ބަޔަކާ ހަވާލުކުރިޔަސް. އެމަސައްކަތް ވަރަށް ރަނގަޅަށް އުމަރު ނަސީރުކޮށްފާނެ.

ގައުމު

ކީއްކުރާނީ މިއީ ވެސް ހަގީގަތް. ނުކެރުނު އިސްވެ ތަހުގީގުކޮށްލަން. ކޮން މިނިވަން ތަނެއް ތިއީ