Maain ah eheevumah male' gai fund foshithah hunaane sarahahdhu thah #HELPMAAIN
image
މާއިން އަށް އެހީވުމަށް މާލޭގައި ފަންޑު ފޮށިތައް ހުންނާނެ ސަރަހައްދު ތައް
0 ކޮމެންޓް
 

މާއިން އަށް އެހީވުމަށް މާލޭގައި ފަންޑު ފޮށިތައް ހުންނާނެ ސަރަހައްދު ތައް

ދެ ކިޑުނީ ފެއިލްވެފައިވުމުގެ ސަބަބުން މިވަގުތު އިންޑިއާގައި ފަރުވާ ހޯދަމުންދާ ހއ އިހަވަންދޫ މީނާޒު، މުހައްމަދު މާއިން މޫސާ ގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާއިލާއާއި ރަށްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުން ގެންދަނީ ހަރަކާތްތައް ހިންގަމުންނެވެ.
މުހައްމަދު މާއިންގެ މިބައްޔަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ކިޑްނީ ޓްރާންސްޕުލާންޓް ކުރުން ނޫން ގޮތެއް ނެތްކަމުގައި ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މާއިންގެ ފަރުވާއަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވާތީ، އިހަވަންދޫއާއި މާލޭގައިވެސް ގެންދަނީ ފަންޑް ހޯދުމުގެ ހަރަކާތަތްއް ހިންގަމުންނެވެ.

މާލޭގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފަންޑްފޮށި މިއަދު ބެހެއްޓުމަށްވަނީ ނިންމާފައެވެ.

މިގޮތުން ކާނިވާ ސަރަހައްދާއި ނޯތް ހާބަރު ސަރަހައްދާއި ރަސްރަނި ބަގީޗާއާއި ތަސްފަންނާއި ރާޅުގަނޑު ސަރަހައްދުގެ އިތުރުން ކުޑަކުދިންގެ ބަގީޗާގައިވެސް ފަންޑުފޮށި ބެހެއްޓިފައި ހުންނާނެކަމަށް މިހަރަކާތް ހިންގާ ފަރާތްތަކުން ބުނެއެވެ.

މާއިން އަށް އެހީތެރިވުމަށް:

ފޯނު ނަންބަރު: 7898999 ( އައިޝަތު އަޒްހާރާ/ މާއިންގެ މަންމަ)
ބީއެމްއެލް އެކައުންޓް ނަންބަރު: 7714523536101

ނޯޓް: މާއިންއަށް ވީހާވެސް ގިނަ ބަޔަކު އެހީތެރިވެ ދިނުމަކީ ވީއެފްޕީ ޓީމްގެ ވަރަށް ބޮޑު އެދުމެކެވެ.
އެހީ
ހިޔާލު