27 Bimeh Vihkaalanee
image
1 ކޮމެންޓް
 

27 ބިމެއް ވިއްކާލަނީ

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ތިންވަނަ ފިޔަވަހީގައި ހިމެނޭ 27 ބިމެއް ވިއްކަން ހުޅުވާލައިފިއެވެ.
ބިންތައް ގަތުމަށް ޝައުގުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް އެފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މާފަންނުގެ 15 ބިމާއި މައްޗަންގޯޅި ގެ ދެ ބިމާއި ގަލޮޅުގެ ފަސް ބިމާއި ހެންވޭރުގެ ފަސް ބިމެކެވެ. އެ ބިންތަކާއި ބިންތަކުގެ ބޮޑުމިން އެނގޭނެ ލިސްޓް އާންމުކޮށްފައިވާއިރު އަކަފޫޓެއް ވިއްކުމަށް ނިންމާފައިވަނީ 2000 ރުފިޔާއަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ހައުސިން މިނިސްޓްރީން ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިން އަދި ދެވަނަ ފިޔަވަހީގެ ދަށުން 66 ބިން ވިއްކަން އިއުލާނުކޮށްފައެވެ.

ތިން ވަނަ ފިޔަވަހީގެ ދަށުން އިއުލާނުކުރި ބިންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައެވެ.
ހިޔާލު

ޝަރީފް

ތީ ބާތީލު އީއުލާނެއް.. ބީން ބަޔަކު ގަނެފީއްޔާ އަނބުރާ ދައުލަތައް ނަގާނެ...