Sinaan ves Sharee ai Nimendhen Bandhah
image
ސިނާންގެ ބައްޕަ އިތުރު ބަޔަކާއެކު ސިނާން މިނިވަން ކުރުމަށް ގޮވާލާފައިވާ ޕޯސްޓަރެއް ހިފައިގެން ކޯޓު ކައިރީގައި---ފޮޓޯ:އެމްޑީޕީ
0 ކޮމެންޓް
 

ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދަށް

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސިނާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެންނެވެ. އެ ދައުވާކޮށްފައިވަނީ ސިނާން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށެވެ.

ސިނާންގެ އިތުރުން އަށް ބޭފުލެއްގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކުރެއެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާއި، ޖޭޕީގެ ޑެޕިއުޓީ ލީދަރު އަބްދުﷲ ރިޔާޒާއި މެންބަރު އިލްހާމް އަހުމަދުގެ މައްޗަށެވެ.

އެ އަށް ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ވެރިކަން ކުރާ ޕީޕިއެމްގެ ޓިކެޓުގައި މަޖިލިސް މެންބަރުކަމަށް ވަޑައިގެންނެވި ސިނާން ވަނީ އިދިކޮޅު ފަރާތްތަކުން 45 މެންބަރުންގެ ސޮޔާއެކު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ސޮއި ކުރައްވާފައެވެ. ސިނާން ވަނީ ޕީޕީއެމުން އަމިއްލައަށް ވަކިވެވަޑައިގެންފައެވެ. ނަމަވެސް ސިނާންގެ މައްސަލަ ސުލޫކީ ކޮމިޓިން ބަލާ ކަމަށް އަންގާ ސިނާން ޕީޕީއެމުން ވަކި ކުރީ ކަމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ޕީޕީއެމްގެ އެ ނިންމުމާއި ގުޅިގެން ސިނާންގެ ގޮނޑި ގެއްލުނީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ހިޔާލު