Rasfannugai Tharahgeekoffaivaa Pavilion Mirey Hulhuvany
image
ރަސްފަންނު ސަރަހައްދު-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވިލިއަން މިރޭ ހުޅުވަނީ

ގިނަ ރެސްޓޯރެންޓުތައް ހިމެނޭގޮތަށް ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވިލިއަން މިރޭ ހުޅުވަން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެއްކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އަޓުލެޓް މިރޭ ހުޅުވަން ނިންމާފައިވާއިރު، އެތަނުން ކޮފީ އާ އެކިކަހަލަ ފްރެންޗައިޒް ބްރޭންޑްތަކުގެ ބުއިންތައް ލިބޭނެއެވެ.

ރަސްފަންނު ސަރަހައްދުގައި ތަރައްގީކޮސްފައިވާ އެ ޕެވެލިއަން އިންގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކުރެވިފައިވަނީ އެސަރަހައްދަށް މޫދަށް އެރެންދާ މީހުންނަށެވެ. އެގޮތުން ފާހާނާ އާއި ލުއި ބުއިންތައް ވިއްކާ ތަންތަން އެތަނުގައި އެފަންގި ފިލާގައި ވަނީ ތަރައްގީކޮށްފައެވެ.

އެޕެވެލިއަންގެ މަތީ ދެ ބުރި ހާއްސަ ކުރެވިފައިވަނީ ރެސްޓޯރެންޓާއި ކެފޭތައް ހިންގުމަށެވެ.

2016 ވަނަ އަހަރުގެ ތެރޭގައި އެތަން ހުޅުވަން ނިންމާފައިވީނަމަވެސް އެތާރީހު މިއަދާއި ހަމައަށް ލަސްކޮށްފައިވަނީ އެތަނުގެ މަސައްކަތްތައް ނުނިމިގެންނެވެ.
ހިޔާލު