Rohingya Fundge Hurihaa Faisaaeh Fonuvi Kamah Vidhaalhuve Minister Dhekkevi Vaahaka Dhimaeh Nuvi
image
އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު---
7 ކޮމެންޓް
 

ރޮހިންޔާ ފަންޑުގެ ހުރިހާ ފައިސާ ފޮނުވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ދިމައެއް ނުވި

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ދިވެހިން އެއްކުރި ހުރިހާ ފައިސާއެއް ފޮނުއްވި ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ދެއްކެވި ވާހަކަ ދިމައެއް ނުވިއެވެ.
ރޮހިންޔާ ފަންޑަށް ޖަމާ ކުރި ފައިސާއަށް ވީނުވީއެއް ނޭނގުނު ކަމަށް ބުނެ ބައެއް މީޑިއާތަކުން މާޗު މަހު ރިޕޯޓު ކުރުމާއި ގުޅިގެން މާޗު މަހުގެ ތެރޭގައި އެ ފައިސާތައް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މާޗު މަހުގެ 21 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ފައިސާއެއް ވަނީ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާ ކުރުމަށް. ދެން ހުރި އިދާރީ ދަތި ކަންތައްތަކާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި،" ޕީއެސްއެމްއިން ޑރ.ޒިޔާދާ ހަވާލާދީ ބުނެފައިވެއެވެ.

ޑރ.ޒިޔާދު އެހެން ވިދާޅުވި ނަމަވެސް ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރެޑް ކްރެސެންޓުގެ އެކައުންޓަށް ފޮނުވާފައިވަނީ ރޮހިންޔާ ފަންޑަށް ޖަމާވި ހުރިހާ ފައިސާއެއް ނޫނެވެ.

ބަންގުލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ޓްވިޓަ އެކައުންޓުން އިއްޔެ ޓްވީޓުކޮށްފައިވާ ގޮތުގައި ބަންގުލަދޭޝްގައި ހުންނަ ރެޑްކެރެސެންޓު އޮފީހުގެ ވެރިޔާ އަޒުމަތުއްލާވަނީ އެެ އެމްބަސީއަށް ވަޑައިގެން ރާއްޖެއިން ހަދިޔާކުރި 1،150،000 ޑޮލަރު ލިބުނު ކަމުގެ ރިސިޕްޓް ދިވެހި އެމްބެސެޑަރު އައިޝަތު ޝާން ޝާކިރުއަށް އަރުވާފައެވެ.

ރޮހިންޔާ ފަންޑަށް ޖުމްލަ 18.1 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އެ ފައިސާ 15.42 ގެ ރޭޓުން ޑޮލަރަށް ބަދަލު ކުރުމުން ޖެހޭ އަދަދަކީ 1،173،800 ޑޮލަރެވެ. އެހެންކަމުން ރާއްޖެއިން ޖަމާ ކުރި ކަމަށް ބުނެފައި އެވާ 1،150،000 ޑޮލަރަކީ 23،800 ޑޮލަރު މަދު އަދަދެކެވެ.

އެ ޓްވީޓާއި ގުޅިގެން ސުވާލު ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 1،150،000 ޑޮލަރަކީ ދެ ޓީޓީއަކަށް ބަހާލައިގެން ޖަމާ ކުރެވުނު އަދަދު ކަމަށެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި ފުރަތަމަ ޓީޓީއިން ފޮނުވާފައިވަނީ 200،000 ޑޮލަރެވެ. ދެވަނަ ޓީޓީއިން ފޮނުވާފައިވަނީ 950،000 ޑޮލަރެވެ.

އޮފިޝަލު ވިދާޅުވީ ޓީޓީތަކަކަށް ބަހާލައިގެން ފޮނުވީ ޓްރާންސްފަ ފީގެ ގޮތުގައި އެއްޗެއް ނަގާނެކަން އެހާތަނަށް ޔަގީންވެފައި ނުވާތީއާއި ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި 18.1 މިލިއަން ރުފިޔާ އެއް ފަހަރާ ފޮނުވައިފި ނަމަ އެކަމުގެ ސަބަބުން އިތުރު ލަސްކަމެއް އައިސްދާނެތީ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ބާކީ ހުރި ފައިސާ ތިން ވަނަ ޓީޓީއެއްގައި މި އެޕްރީލު މަހުގެ ފުރަތަމަކޮޅު ފޮނުވޭނެ ކަމަށެވެ.
ހިޔާލު

ޢޭއެމް

ޒަކާތުފަނޑުން 23 މިލިއަން ރޮހިންޖާ ފަންޑުން 18 މިލިއަން ޖުމްލަ 41 މިލިއަން ވަނީ ފައުންޑޭސަން އައް ހަދިޔާކޮއްފަ !! ކޮބާތޯ ޙަރާމް ޙަލާލް އަކީ ...... މިފައިސާ އައްވީގޮތް ޖަވާބުދާރީންޖެޙޭނީ ޒިޔާދުބާގިރު ... ސަރުކާރުގެ ބަޖެތުން 18 މިކިއަން ދެހްކީ ... ނިކަން މިކަން ދޮގުކޮއްބަލަ ..

އަސްލު ހުއްބުލްވަތަން

މަގޭދިނާ ނިތޮޅެއްޗޭ ނުކިޔާ ތެދުބަހުން ވާހަކަ ދައްކަން ދަސްކުރާންވީނު. ލަދުން ހަލާކުވާ ވަރުވޭ. އަބަދުވެސް ޕެޗްއަޅަންޖެހިފަ.

އަނގަމިތުރު

ރަނގަޅު ކެއުމެއް ކައިގެން ނޫނީ ކިހިނެއްތޯ ބޮޑެތި ބިޔަ ކަންކަން ކުރާނީ. ދެއްތޯ؟؟؟

ބަސް

ބަސްހުއްޓިއްޖެ. މިހާވަރުން ދާއިރުވެސް ދީނީ އިލްމުވެރިންނޭ ކިޔައިގެން ބޮޑެތި މަގާމުތަކުގައި ތިއްބަވާތީ.

ހަސަން112

އެއިގެންވެސް ވައްކަން ކޮށްލީ!! 366،996 ރުފިޔާ މަދުވަނީ އެލާރި ކޮޅުން ސައިބުއީމަ!!

މަަލަކުރި

ބަލަ! މިއީ މި ގައުމުން މައުމޫނުގެ މަސައްކަތުން އިރާދާ ކުރެއްވީތީ ލިޔަންކިޔަން އެގޭ މީހުންގެ ނިސްބަތް އެންމެ ކުރިއަރާފައިވާ ޤައުމު މިގައުމުގައި ނުހުންނާނެ ތިޔަ ވަރުގެ ހިސްބެއް ހަދަންނޭގޭ މީހެއް. މިއީ ހިތާމަ ހުރި ބޮޑެތި ޖަރީމާތަކެއް

ފިރުޓޭ

23800 ޑޮަލަރަކީ ބޭންކް ޗާޖަަސް! އޯކޭ އެންނު! ފްލައިޓެއް ޗާޓަރު ކޮށްގެން އިސްލާމިކް މިނިސްޓްރީ ހުރިހާ ބޭފުޅުން ގޯނީ ގޯނީގަ ފައސާ ހިފައިގެން ދިޔަޔަސް މިވަރަށް ޚަރަދު ނުހިނގާނެ!