Pavilion aai Gloria jeans coffee shop hulhuvaifi
image
ޕެވިލިއަން
0 ކޮމެންޓް
 

ޕެވިލިއަން އާއި ގްލޯރިއާ ޖީންސް ކޮފީޝޮޕް ހުޅުވައިފި

ރަސްފަންނުގައި ތަރައްޤީކުރި ޕެވިލިއަން އާއި އެތާންގައި ގާއިމްކުރި ގްލޯރިއާ ޖީންސް ކޮފީޝޮޕް މިރޭ ހުޅުވައިފިއެވެ.
ޕެވިލިއަން އާއި ކޮފީޝޮޕް ރަސްމީކޮށް ހުޅުއްވާ ދެއްވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަސްޓްލޭޑީ ފާތިމަތު އިބްރާހީމެވެ. ތިން ފަންގިފިލާއަށް ހަދާފައިވާ ޕެވިލިއަންގައި ފްރެންޗައިސް ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ގާއިމްކޮށްފައިވަނީ ތިން ވަނަ ފަންގިފިލާގައެވެ.

އެމްޑަބްލިއުއެސްސީން ތަރައްޤީ ކުރި އެތަނުގެ އަނެއް ދެ ފަންގިފިލާގައި ފްރެންޗައިސް އިތުރު ދެ ރެސްޓޯރަންޓް ހުޅުވާނެކަމަށް އެކުންފުނިން ބުނެއެވެ.

ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން ހަވާލުކޮށްފައިވަނީ ސިބްކޯ ޕްރައިވެޓް ލިމިޓެޑާއެވެ.

ރަސްފަންނު
ހިޔާލު