UV Athun Hoadhi Molhaeku New Radiant Thaavaluge 1 Vana Ah
image
ނިއު ރޭޑިއަންޓުގެ ކުޅުންތެރިންތަކެއް ފޮޓޯ:---
0 ކޮމެންޓް
 

ޔޫވީ އަތުން ހޯދި މޮޅާއެކު ނިއު ރޭޑިއަންޓު ތާވަލުގެ އެއް ވަަނައަށް

ރޭ މާލޭ ލީގުގައި ޔުނައިޓެޑު ވިކްޓްރީ އަތުން ހޯދި ތިން ޕޮއިންޓާއެކު މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމު ނިއު ރޭޑިއަންޓް މާލޭ ލީގު ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭގެ މެޗު ނިއު ރޭޑިއަންޓުން ކާމިޔާބު ކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗު ފެށިގެން 5 ވަނަ މިނެޓުގައި ގުއިލެމް ބޮލުން ޖެހި ލަނޑާއެކު ނިއުއިން މެޗުގެ ލީޑު ނަގާ ހަމަޖެލިއިރު މެޗުގައި ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދިނީ ވެސް ހަމައޭނާ އެވެ.

ރޭގެޗ މެޗުގައި ދާދިފަހުން ގައުމީ ޓީމުން ބާކީ ކުރިން ދިވެހި ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ފަރާތުން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި 2 ލަނޑު ޖެހުމުގެ އިތުރުން އޭނާ ވަނީ އެސިސްޓެއް ވެސް ހަދާފައެވެ. މެޗުގައި ދެއްކި މޮޅު ކުޅުމާއެކު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.

2-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައިރު ދެވަނަ ހާފް ފެށިގެން 5 މިނެޓެއްހާއިރު ފަހުން އަލީ އަޝްފާގު ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓު ހަތަރު ވަނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. މި މެޗުގައި ނިއު ޔޫ.ވީ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝިމާޒެވެ. އޭނާ މި ލަނޑު ޖެހީ ޕީކަރ އިމްރާންއަށް ބޯޅަ ކްލިއަރ ރަނގަޅަށް ކްލިއަރ ނުކުރެވުމުގެ ފައިދާ ނަގާ އެވެ.

މި މެޗުން މޮޅު ނިއު ތާވަލުގެ އެއް ވަނައަށް ޖެހިލީ ކުޅުނު 4 މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި 8 ޕޮއިންޓާއެކު އީގަލްސް އޮތްއިރު ތިން ވަނާގައި އޮތީ 7 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. މެޗުން ބަލިވި ޔޫވީ 6 ޕޮއިންޓާއެކު އޮތީ ތާވަލުގެ 4 ވަނާ ގައެވެ.
ހިޔާލު