Faahaanaa Bari Rasfannuge Ehen Dhimaaleggai Alhanee
image
ހައުސިން މިނިސްޓަރު ޑރ.މުއިއްޒު--
0 ކޮމެންޓް
 

ފާހާނާ ބަރި ރަސްފަންނުގެ އެހެން ދިމާލެއްގައި އަޅަނީ

ރަސްފަންނު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ބީޗް ޕެވީލިއަންގައި ގާއިމުކުރަން ނިންމި ފާހާނާ ބަރިއާއި ބޭބީ ކެއާ ފެސިލިޓީ އެހެން ދިމާލެއްގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވީލިއަންގައި ގާއިމު ކުރި ގްލޯރިއާ ޖީންސް ކޮފީ ޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދެއްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާހާނާ ބަރި އާއި ކެއާ ފެސިލިޓީ އެހެން ދިމާލެއްގައި ގާއިމު ކުރަން ނިންމާފައިވަނީ އެމަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނިން އެމްޑަބްލިއުއެސްސީ އާ ހައުސިން މިނިސްޓްރީ އިން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ޕެވީލިއަންގައި އެތަންތަން ގާއިމުނުކޮށް އެހެން ސަރަހައްދެއްގައި ގާއިމުކުރަން ނިންމީ ޕެވީލިއަންނަށް އިންޓަނޭޝަނަލް ބޮޑެތި ފްރެންޗައިޒްތައް ގެންނަން ބޭނުންވާތީ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއެވެ.

ފާހާނާ ބަރިއާއި ބޭބީކެއާ ފެސިލިޓީ ގާއިމުކުރަން ނިންމާފައިވަނީ އައިޖީއެމްއެޗާވީ ފަޅިން ހޮޅުއަށިތައް ހުރި ސަރަހައްދުން ޖާގަ ހެދުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ޕެވިލިއަންގެ މަސައްކަތްތައް ނިންމާއި 2016 ވަނަ އަހަރު އެތަން ހުޅުވަން ނިންމާފައިވީނަމަވެސް އެތަން ހުޅުވުން މިއަހަރާއި ހަމައަށް ލަސްކޮށްފައިވަނީ އެތަނުގެ މަސައްކަތްތައް ނުނިމިގެންނެވެ.
ހިޔާލު