Mudhaa ufulaa vaguthah genai badhalaa gulhey gothun viyafaariverinnaa mashvaraakohfi
image
އިކޮނިމިކް މިނިސްޓަރު ބާއްވާ ބައްދަލުކުރެއްވުމުގެ ތެރެއިން--
0 ކޮމެންޓް
 

މުދާ އުފުލާ ވަގުތަށް ގެނައި ބަދަލާއި ގުޅޭ ގޮތުން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި

މާލޭގައި މުދާ އުފުލާ ވަގުތަށް ގެނައި ބަދަލާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައެއް ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ އެ ބައްދަލުކުރުމުގައި، މުދާ އުފުލާ ވަގުތަށް ގެނެވުނު ބަދަލާއި ގުޅިގެން ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިމަހުން ފެށިގެން މާލޭގައި މުދާ އުފުލާ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލާއި ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުދާ އުފުލާ ވަގުތަށް ގެނައި ބަދަލާއި ގުޅިގެން ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާއިރު، އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުދާ އުފުލާ ވަގުތަށް ބަދަލު ގެނެސްފައިވަނީ ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.
ހިޔާލު