Ghouta aa Eheevumah Hoadhi Faisaa Havaalu Koffi
image
ގޫތޯއަށް ރެކްޓް ހަމަލާއެއްދީފައި--
0 ކޮމެންޓް
 

ގޫތޯއަށް އެހީވުމަށް ހޯދި ފައިސާ ހަވާލުކޮށްފި

ސީރިއާގެ ގޫތޯގައި ހިނގަމުންދިޔަ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖޭގައި ހިންގި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ދަށުން ލިބުނު ހުރިހާ ފައިސާއެއް ސިރިއާއަށް އެހީ ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވާ އައިއެޗްއެޗް ހުމަނިޓޭރިއަން ރިލީފް ފައުންޑޭޝަން އާ ހަވާލުކޮށްފިއެވެ.
އައިއޭސީ އިން ހުޅުވި ފަންޑަށް ލިބުނު ޖުމްލަ 1,382,991.08 (އެއްމިލިއަން ތިންސަތޭކަ އައްޑިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ އެކެއް) ރުފިޔާ ފޮނުވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުކަމަށް އައިއޭސީ އިން ބުނެއެވެ.

އައިއޭސީ އިން ބުނީ ފައިސާ ފޮނުވުން ލަސްވީ ފައިސާ ބަދަލުކުރުމުގެ މަރުހަލާގައި ދަތިތަކަކާއި ކުރިމަތިވުމުން ކަމަށެވެ.

އައިއޭސީ އިން ހޯދި ޖުމްލަ ފައިސާ އައިއެޗްއެޗް ހުމަނިޓޭރިއަން ރިލީފް ފައުންޑޭޝަން އާ ހަވާލުކޮށްދީފައިވާކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދިނުމުގެ ގޮތުން އައިއޭސީ އިން ވަނީ އެފައިސާ ލިބުނުކަން އަންގައިދިނުމަށް އައިއެޗްއެޗް ހުމަނިޓޭރިއަން ރިލީފް ފައުންޑޭޝަން އިން އައިއޭސީ އަށް ފޮނުވި ލިޔުންވެސް އާއްމުންނަށް ހިއްސާކޮށްފައެވެ.

އާބާދީގައި ހަތަރު ހައްކައެއްހާ މީހުން ދިރިއުޅެމުންދާ ގޫތޯގައި ގަތުލުއާންމުތައް ހިނގާ އެތަށް ހާސް ބަޔަކު މަރުވެފައިވާއިރު، އެތަށް ބަޔަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި އެގައުމަށް ދިން ރޮކެޓް ހަމަލާތަކުގައި ގިނަ އަދަދެއްގެ ގެތަކެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.
އެހީ އައިއޭސީ ސީރިއާ
ހިޔާލު