Vagu Passport eh ga bidheysee qaathilaku raajje ga, nizaamthah fail veethah?
image
3 ކޮމެންޓް
 

"ވަގު ޕާސްޕޯޓެއް"ގައި ބިދޭސީ ގާތިލަކު ރާއްޖޭގައި، ނިޒާމުތައް ފެއިލްވީތަ؟

މީހަކު މަރާލުމަށްފަހު ކާކުކަން އޮޅުވާލައިގެން އުޅޭ ބިދޭސީއަކު މިވަނީ ރާއްޖެއިން ހައްޔަރުކޮށްފައެވެ. އެއާއެކު އެތައް ސުވާލެއް މިވަނީ އުފެދިފައެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެކެވެ. muni
އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އިންނެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މީހާގެ އަސްލު ނަމަކީ ގުރުރާޖް ކިޝޯރެވެ. އައްޑޫ އޮންލައިން "އޭއޯ" އިން ރިޕޯޓުކޮށްފައިވާ ގޮތުން އެމީހާ ޕާސްޕޯޓް ހަދާ ރާއްޖެ އައިސްފައިވަނީ ބާސްކަރު ސްރިވަސްތާގެ ނަމުގައެވެ.

ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އެ ބިދޭސީ މީހާއަކީ 2006 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގައި މީހަކު މަރާލާފައިވާ ކަމަށް އިއުތިރާފުވެފައިވާ މީހެކެވެ.

ނަން އޮޅުވާލައިގެން ހަދާފައިވާ ޕާސްޕޯޓެއްގައި މީހަކު ރާއްޖެ އެތެރެވީ ކިހިނެތް ތޯއެވެ؟ އިންޑިއާ ޕާސްޕޯޓުގެ ކޮލިޓީ ދަށްކަމުން ފޭކު ޕާސްޕޯޓެއް އުފެއްދުމުގެ ފުރުސަތު އޮތީތޯ އެވެ.؟ ނޫނީ ރާއްޖޭގެ އިމިގްރޭޝަންގައި އެ ގާބިލުކަން ނެތީތޯއެވެ؟

އެފަދަ މީހަކު ރާއްޖޭގައި އުޅޭތާ ގާތްގަނޑަކަށް ތިން އަހަރު ވެގެން ދިޔައިރުވެސް ފާހަގަ ނުކުރެވި އޮތީ ކީއްވެތޯއެވެ.؟ އެފަދަ ކިތައް މީހުން ރާއްޖޭގައި އުޅޭނެތޯއެވެ.؟

އެކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ބެންގަލޫރުގެ އެ މީހާއަކީ 2006 ވަނަ އަހަރު މީހަކު މަރާލި ކަމަށް އިންޑިއާގެ ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވާ މީހެކެވެ.

އައްޑޫ އޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުން އެމީހާ ރާއްޖެ އައީ ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ކުލިނިކުގެ ލެބްގައި މަސައްކަތް ކުރުމަށެވެ. 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސައްކަތް ކުރުމަށްފަހު 2016 ވަނަ އަހަރު އޭނާ އެއިމްސް ކްލިނިކަށް ބަދަލުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އޭނާ އައިއެމްޑީސީ އަށް ވަޒީފާއަށް އައީ ވަޒީފާއަށް މީހުން ނަގާ އާންމު އުސޫލުގެ ދަށުން އެއްވެސް ކަހަލަ މައްސަލައެއް ނެތި ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހަޅައިގެން ގަވައިދުގެ ދަށުން ކަމަށް އައިއެމްޑީސީން ބުނެފައިވާ ކަމަށް އައްޑޫ އޮންލައިން އިން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ގުރުރާޖަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މީހަކު މަރާލި ކަމުގެ ކުށުގައި އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހަކު މަރާލި ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ މީހެކެވެ. 2006 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ބައެއް ނޫސްތަކުން އެ ވާހަކަ ވަނީ ރިޕޯޓުވެސް ކޮށްފައެވެ.
ހިޔާލު

ގަމާރީ

ޕާސްޕޯޓް ވަގު އެއްޗަކަށް ވެގެން އެބައުޅޭތަ؟އެމީހަކީ ވަގު މީހެއްކަން ހޯދާނީ ކިހިނެއް.. ބަންގްލަދޭސް ފަދަ ގައުމުތަކުގެ އެތައް ބައެއް ރާއްޖޭގައި އެބައުޅޭ ޕާސްޕޯޓްގައި އޮންނަ ނަންނޫން އެހެން ނަމެއްކިޔާ..

ގައުމު

ކަލޯ މިއީވާ ގައުމެއް. ކީއްކުރާނީ

ނިޒާމު

ނިޒާމުގެ ބަލިކަށިކަން އުލޭކަމައް ފެންނަނަމަ ފައިދާނަގާނެ މީހުންމަދެއްނުވާނެ.