Kaadu ge agu heyo kurun, fenigen dhiyaee un'bah jehi manzaru
image
2 ކޮމެންޓް
 

ކާޑުގެ އަގުހެޔޮ ކުރުން، ފެނިގެން ދިޔައީ އުނބަށް ޖެހި މަންޒަރު!؟

އެއީ 2016 ވަނަ އަހަރެވެ. ސަރުކާރުން ކާޑުގެ އަގު ބޮޑުކުރިއެވެ. ކާޑުގެ އަގު ބޮޑުކުރަމުން ސަރުކާރުން އޭރު ދެއްކި އެއް ވާހަކައަކީ އާދައިގެ ހަނޑޫ ބޭނުންކުރަނީ ބިދޭސީން ކަމަށެވެ. ސަބްސިޑީ ކަނޑާލުމާއެކު ކާޑުގެ ބާވަތްތަކުގެ އަގު ދެގުނަ ބޮޑުވެގެން ދިޔައެވެ.
ހަނޑޫ، ހަކުރު އަދި ފުށަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު 3.98 ރުފިޔާ އަށް ވިއްކަމުން ދިޔަ ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް އުފުލުނެވެ. 4.50 ރުފިޔާއަށް ވިއްކި ހަކުރު ކިލޯގެ އަގު 8 ރުފިޔާއަށް ބޮޑުވިއިރު 3.50 ރުފިޔާއަށް ވިއްކި ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވިއެވެ.

ދެން ފެނިގެން ދިޔައީ މިދިޔަ 2017 ވަނަ އަހަރުގެ މޭ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމި ތަނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހަނޑޫ އަދި ހަކުރުން 15 އިންސައްތަ އަދި ފުށުން 12 އިންސައްތަ އަގު ހެޔޮކުރިއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނައެވެ. އިކޮނޮމިކް މިނިސްޓްރީން މޭ މަހުގެ ތެރޭގައި ބުނީ، އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

2017 މޭ މަސް: ކޮންޓްރޯލް އަގަށް ގެނެވުނު ބަދަލު

ޒޯން 1: ހއ، ހދ، ށ

އާދައިގެން ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.78 ރުފިޔާ
ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.82 ރުފިޔާ
އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 6.28 ރުފިޔާ

ޒޯން 2: ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ

އާދައިގެން ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު 7.58 ރުފިޔާ
ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.62 ރުފިޔާ
އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު 6.08 ރުފިޔާ

ޒޯން 3: ލ، ގއ، ގދ، ޏ، ސ

އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.97 ރުފިޔާ
ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 8.01 ރުފިޔާ
އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 6.47 ރުފިޔާ

އޭގެ ފަހެވެ. އަނެއްކާވެސް އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް ހެޔޮކޮށްފައި މިވަނީ މާލޭގައި މުދާ އުފުލާ ވަގުތުތަކަށް ގެނެވުނު ބަދަލާއި ގުޅިގެން މުދަލުގެ އަގު އުފުލޭނެ ކަމަށް ވިޔަފާރިވެރިން ބުނެފައި ވަނިކޮށެވެ.

މިހާރު އޮތް ގޮތުން:

މާލޭ ސަރަހައްދުގައި ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދާނީ ހަނޑޫ ކިލޯއެއް 3.98 ލާރި، ހަކުރު ކިލޯއެއް 4 ރުފިޔާ އަދި ފުށްކިލޯއެއް 3.98 ރުފިޔާއަށެވެ.

މީގެ އިތުރުން ހއ، ހދ އަދި ށ ހިމެނޭ ޒޯން އެކެއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީ ކިލޯއަކަށް 1.02 ރުފިޔާ އަށް ވުރެ އިތުރު ނުވާގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ނ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ހިމެނޭ ޒޯން ދޭއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީ ކިލޯއަކަށް 0.82 ލާރި އަށް ވުރެ އިތުރު ނުވާގޮތަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހިމެނޭ ޒޯން ތިނެއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީނީ ކިލޯއަކަށް 1.21 ރުފިޔާ އަށް ވުރެ އިތުރު ނުވާގޮތަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އާދައިގެ ހަނޑޫ، ހަކުރު އަދި ފުށަކީ މިހާރު ބިދޭސީން ބޭނުން ނުކުރާ އެއްޗަކަށްވީތޯއެވެ. އެއް އަހަރާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ މެދު ސުވާލު ކުރަން ނުޖެހޭތޯ އެވެ. އެއް ކަމެއްގެ ގޮތުގައި ރައްޔިތުން އަތުން ދެ ގުނަ ބޮޑުކޮށް ކާޑުގެ ބާވަތްތަކުން އަގު ނެގުމުގެ ބޭނުމަކީ ހަމަ އޯގާތެރިކަންތޯ އެވެ. ދެ ގުނަ އަށް އަގު ބޮޑުކޮށްފައި އިންތިހާބަށް ބޯމަތިވެފައި އޮއްވަ އަނެއްކާ ވެސް ކާޑުގެ އަގަށް ބަދަލު ގެނައުމަކީ މަގާމުގެ ނާޖާއިޒު ފައިދާއެއް ހޯދުން ކަމަށް ބެލުމުގެ ފުރުސަތެއް ނޯންނާނެތޯ އެވެ.

ކާޑުގެ ބާވަތްތަކުގެ އަގަށް އެ ހާ ބޮޑެތި ބަދަލު ގެންނަމުންދަނީ އެ ނޫން ގޮތެއް ނެތިގެންކަމަށްވާ ނަމަ ކުއްލިއަކަށް އިރުއަރާއިރަށް އަގަށް ބޮޑެތި ބަދަލު ގެންނަންޖެހޭ ސަބަބެއް ވަރަށް ސާފުކޮށް ބުނެދޭން ޖެހޭނެވެ. އަދި ދައުލަތުގެ މާލިއްޔަތު ބަލަހައްޓާ މީހާވެސް އެކަންކަން ސާފުކުރަންޖެހޭނެވެ. އަދި ފާރަވެރިވާން ތިބޭ މީހުން ވެސް ނިދިން ހޭލައިގެން ވާނުވާ ބެލުމަކީ އިޖުތިމާއީ އަދަލަތުގެ މުހިންމު އަސާސަކަށް ނުވާނެތޯ އެވެ.

ކާޑުގެ ބާވަތުގެ އަގަށް ގެންނަ ބަދަލާއެކު ސަރުކާރާއި އެސްޓިއޯއިން ގުޅޭ ކުޅިވަރު ރައްޔިތުންނަށް ނޭނގޭނެކަމަށް ހީކުރާ ނަމަ އެއީ ވަރަށް ބޮޑު ކުށް ހީ އަކަށް ނޫނީ ނުވާނެތާއެވެ. ސަރުކާރުގެ މި ފަދަ ކަންކަމުން އަނެއްކާވެސް ފެނިގެން މިދަނީ އުނބަށް ޖެހިތަނެވެ.
ހިޔާލު

ނަޝީދު

ލޯކަލް ކައުންސިލް ބޯމަތި ވެފައި ވަނިކޮށް ސަރުކާރުން ކާޑުގެ އަގު ބޮޑުކުރީ އޮޅުވާނުލާ އޭރު ބާއްވަން އޮތް ކައުންސިލް އިލެކްޝަން ފަސްވެގެން ދިޔައީ ދެން ތިޔަ ވިދާޅުވާ ހެޔޮކުރުމެއް އައީ ކުޑަތަންކޮޅެއްވިޔަސް އޮޅުވާލާތި
ރައްޔިތުންނަށް ވިސްނުވަދޭން ލިޔުންތެރިޔާ ބޭނުންވެގެން ލިޔެފައި މިއޮތީ ކޮންމެހެން އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ކާޑުގެ އަގު ހެޔޮކުރާނޭ

އަސްލު

ވީއެެފްޕީ އަށް ހެޔޮ ރަނގަޅު ގޮތެއް އެބައޮތްތައް؟؟؟