Maguthakah Dhuvaalu Bodu Luyeh, 6 Fahun Thohjehi Barugonun Maguthah Gugumany
image
އެމްޕީއެލް ސަރަހައްދު:ފޮޓޯ:އާލީމެސީ/ފޭސްބުކް
2 ކޮމެންޓް
 

މަގުތަކަށް ދުވާލު ބޮޑު ލުޔެއް، ހައެއްގެ ފަހުން ތޮއްޖެހި ބަރުގޮނުން މަގުތައް ގުގުމަނީ

މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ، މާލެ ތެރޭގައި ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރި އުސޫލަށް މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، އެބަދަލާއެކު މަގުތަކަށް ލުޔެއް ލިބިފައިވާކަމަށް އެއްބަޔަކު ގަބޫލުކުރަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ނުރުހުންވެ ހިޔާލު ފާޅުކުރަމުންނެވެ.
ދުއްވާ އެއްޗެހި ގިނަވެ ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލުތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި ދަތިވަމުންދާތީ ޓްރާންސްޕޯޓް އޮތޯރިޓީ އިން މުދާ އުފުލުމަށް ކަނޑައަޅާފައިވަނީ އިރުއޮއްސި 6 އަކުން ހެނދުނު 6 އާދެމެދުގެ ވަގުތުތަކެވެ.

މުދާ އުފުލަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި މާލޭގެ މަގުތަކަށް ބާރު ބޮޑުވުމަކުން މާބޮޑު މައްސަލައެއްކަމަށް ސަރުކާރުން ނުދެކޭ ކަހަލައެވެ. ސަރުކާރުގެ ވިސްނުމުގައި އެބަދަލަކީ މިވަގުތު މާލޭގެ މަގުތަކަށް ދިމާވާ ޓްރެފިކް މައްސަލަތަކަށް އެންމެ އެކަށޭނެ އެއް ހައްލެވެ. އެބަދަލާއެކު މާލޭގެ މަގުތަކަށް ދިމާވާ "ތޮއްޖެހުން" ހައްލުކުރެވިފައިވާކަން މިދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ފާހަގަކުރެވިފައިވާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ދުވާލު ގަޑީގައި މާލޭގެ ޓްރެފިކަށްއަށް ދިމާވާ މައްސަލަ ހައްލުވެފައިވާ އެމަންޒަރު ފެނިފައިވާކަމަށް ބުނަމުން އަންނައިރު، އެއާހިލާފަށް އިރުއޮއްސި ހަޔަކަށް ފަހު މާލޭގެ މަގުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. މަގުތައް ތޮއްޖެހި އުޅަނދުތަކުގެ ބަރުގޮނުން މުޅި މަގުތައް ގުގުމައެވެ. މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ކިޔަވަން ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ދާކުދިންނަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަމަށް ވެއެވެ. ކޮންމެއަކަށް ދުވާލުގެ ހިތްހަމަޖެހުމަށްޓަކައި ރޭގަނޑު އުފާތައް ގުރުބާނީކޮށް އެނިންމުމާއި އެއްގޮތަށް މަގުތައް ބޭނުންކުރަން މިވަނީ މަޖުބޫރުކޮށްފައެވެ.

މަގުތައް ބޭނުންކުރުމަށް ގެނެވުނު ބަދަލާއެކު މާލޭ ތެރެއިން އެންމެ ބާރު ބޮޑު މަގުތަކުގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައިވަނީ މަޖީދީމަގާއި، އަމީނީ މަގު އަދި އަލިކިލޭފާނު މަގުގެ އިތުރުން ޗާންދާނީ މަގަށެވެ. ދުރާލާ ރަނގަޅު ޕްލޭންއެއް ނަހަދާ މިފަދަ ބޮޑެތި ބަދަލުތައް ގެނައުމުން އެކަމާއި ފާޑުކިޔާ ނުރުހުންވާނީ ވެސް އެމަގުތަކުގެ ބޭނުންކުރާ އާއްމު ރައްޔިތުމީހާއެވެ.

ގެނެވުނު ބަދަލާ ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއް-


ގެނެވުނު ބަދަލާ ގުޅިގެން މަޖިލީސް މެމްބަރު ރުކްމާ މުހައްމަދު އަބްދުލްކަރީމް ކުރައްވާފައިވާ ޓްވީޓެއް--
މަގުތައް ބާރުބޮޑުވެ ބަރުގޮނުގެ އަޑުގަދަވާތީ އެކަމާއި އުނދަގޫވެގެން ލިޔެފައިވާ ސްޓޭޓަސް އެއް


އެބަދަލަކީ ރައްޔިތުން އިގްތިސާދީ ގޮތުން އަޅުވެތިކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ދަންވަރު މަޖޫރީން މަސައްކަތުގައި އުޅެމުންދާއިރު، ޑެލިވަރީ އަންނާނެ އިރެއްގައި ރައްޔިތުން ދަންވަރަށް ހޭލާ ތިބެންޖެހެއެވެ.

"ގޭސް ފުޅި ހުސްވެގެން ގުޅީމަ ބުނީ 6 ގެ ފަހުންނޭ ޑެލިވަރީ ކޮށްދޭން ފަށަނީ. އެދުވަހު ކެއްކީ ޖެހިގެން ހުރި ބަޔަށްގޮސް. އެރޭ ގޭސްފުޅި ޑެލިވަރކޮށްދިނީ 12 ޖަހަން އުޅެނިކޮށް." ގެނެވުނު ބަދަލާއެކު އާއްމު ދިރިއުޅުމުގެ ބައެއް ކަންތައްތަކަށް ބޫރޫއަރާތީ ވީއެފްޕީއަށް ވާހަކަ ދައްކަމުން މީހަކު އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

މޫދާ އުފުލާ ގަޑިއަށް ގެނައި ބަދަލުގެ ސަބަބުން މާލޭގެ ފިހާރަތަކާއި އާއްމުންނަށް ވަނީ ފެނުގެ ދަތިކަންވެސް ކުރިމަތިވެފައިވެއެވެ. އުސޫލަށް ގެނެވުނު ބަދަލާއެކު މަސައްކަތް ކުރާ މީހުންނަށް އަގުހެޔޮކޮށް މަސައްކަތް ކުރުމަށް މަޖުބޫރުވެއެވެ. ގެނެވުނު ބަދަލުގެ ސަބަބުން ވިޔަފާރިވެރިންގެ އިތުރުން އެތައް ބަޔަކަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.

މާލޭގެ މަގުތަކަށް ދިމާވާ ޓްރެފިކް މައްސަލަތަކަށް ބޭނުންވަނީ ދާއިމީ ހައްލެކެެވެ. ދާއިމީ ހައްލެއްހޯދުމަށް މުދާ އުފުލާ ގަވައިދަށާއި އުސޫލުތަކަށް ބަދަލުތަކެއް ގެނެއުމުން އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އޭގެބަދަލުގައި ދުރާލާ ރާވައިގެން މަސައްކަތްތަކެއްކޮށް މާލެއަށް އެތެރެކުރާ އުޅަނދުތައް މަދުކުރުމަށް ސަރުކާރުން އަމާޒު ހިފަން ޖެހެއެވެ.
މާލެ މަގުތައް ހިޔާލު
ހިޔާލު

ޙަޟަ.ން

ޟމިތާ މިއޮތީ ހުސް މޑޕ މީހުންގެ ޓުވީޓް ތައް. ޢެމީހުންނައް ކަމުދާނެ އެއްގޮތެއްވެސް ނޯންނާނެ

ޢަލިދީދީއައްޑޫސިޓީ

ސަރުކާރުން ބޭނުންވި މަންޒަރު ފެނިއްޖެ ކަމުގައި ބޭފުޅަކު ވިދާޅުވީ އެވާޙަކަ. ރޭގަނޑު ގެ މުޒާހަރާ ކުރާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން މިހުރިހާ ސަކަރާތެއް މިގަތީ.