Annaaru: Sih'hee Gina Mahsalathakehge Hallu
image
އަންނާރު--
0 ކޮމެންޓް
 

އަންނާރު: ސިއްހީ ގިނަ މައްސަލަތަކެއްގެ ހައްލު

އަންނާރަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. މިހާރު ރާއްޖޭގައި އަންނާރު ގަސް މަދުމަދުން ފެނުނުނަމަވެސް މިއީ ކުރިން ރަށްރަށުގައި ވަރަށް ގިނައިން ހައްދާ އުޅުނު މޭވާގެ ބާވަތެކެވެ. muni
ކުދިކުދި އޮށްތަކެއް އެތެރޭގައި ހުންނަ މިމޭވާއަކީ ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.

އަންނާރުން ލިބޭ ބައެއް ސިއްހީ ފަރުވާ

• ކެންސަރުން ރައްކާތެރިވުން

އަންނާރުގައި އެންޓި އޮކްސިޑެންޓް ފްލޭވޮނޮއިޑް އެކުލެވެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކުން އަންނާރު ބޭނުންކުރާ ނަމަ ދުރުކޮށްދެއެވެ.

• ލޭމަދުވުން

ދަގަނޑުގެ ބާވަތް އަންނާރުގައި އެކުލެވޭތީ ލޭމަދުވުމުން ދިމާވާ މައްސަލަތައް ކަމަށްވާ ބޯއެނބުރުމާއި ވަރުބަލިވުން ފަދަ މައްސަލަތަކަށް ލުއި އެއް ލިބިދެއެވެ.

• ހިތުގެ ބަލިތައް

ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކުން އަންނާރު ބޭނުންކުރާ ނަމަ ދުރުކޮށްދެއެވެ. ބޭރުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ބޭނުން ކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅު ކުރުމަށް އެހީވާ ކަމެކެވެ. ސަބަބަކީ އޭގައި އެކުލެވޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ.

މީގެއިތުރުން ވެސް އަންނާރާއި އޭގެ ޖޫސްބޭނުން ކުރުމުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދީ ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަ ނުދީ ހިފަހައްޓައިދެއެވެ. އަދި ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ފޯރުކޮށްދީ އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.
ހިޔާލު