Riyaasee Inthihaabu Minivan Vedhaane Kamah Gaboolu Kuran Dhathi: Dunya
image
ދުންޔާ، ކުރިއަށް އޮތް އިންތިހާބާ މެދު ސުވާލު އުފައްދަވާ---
3 ކޮމެންޓް
 

ރިޔާސީ އިންތިހާބު މިނިވަންވެދާނެ ކަމަށް ގަބޫލު ކުރަން ދަތި: ދުންޔާ

ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން މިއަހަރު ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދާދި ފަހަކާ ޖެހެންދެން އަދާ ކުރެއްވި ދުންޔާ އެހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގައި ދުންޔާ ވަނީ ޝަރުއީ ދާއިރާއަށް އޮތް އިތުބާރު އިތުރު ކުރަން ޖެހޭ އިރު ފުލުހުން ފަދަ މުއައްސަސާތަކަށް އޮތް އިތުބާރު ވެސް ކުޑަވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ދުންޔާ ވިދާޅުވީ ސިޔާސީ މަސްރަހުގައި ހުރި ކަންކަމަށް އަދިވެސް މަޝްވަރާކޮށްގެން ހައްލު ހޯދައި އެ އިތުބާރު ގާއިމު ކުރެވިދާނެ ކަމަށެވެ. މަޝްވަރާތައް ކުރިއަށް ނުގެންދެވި އޮތް ސަބަބަކީ އިތުބާރު ނެތުން ކަމަށްވާ އިރު އެ އިތުބާރު ގައިމު ކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ. އެގޮތުން އެންމެ ކުޑަމިނުން ކުރިގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމު ގޭބަންދަާށް ބަދަލުކޮށް ދިނުމަށް ދުންޔާ ގޮވާލެއްވިއެވެ.

ދުންޔާ ގެންދަވަނީ މަޝްވަރާކޮށްގެން ހައްލު ހޯދުމަށާއި ހައްޔަރުކޮށްފައިވާ ބައެއް ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ދުންޔާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
ހިޔާލު

ޓީމް ކޭކޭ

ބައްޕަ ހައްޔަރު ކުރީމާ އިންތިޚާބު .ގޯސް ކުރިން އޯކޭ؟

މަގު

عمك لايريد انتخابا حرا ބޮޑުބޭބެ މިނިވަން އިންތިޚާބެއް ބޭނުމެއްނޫނެވެ.

ހާހާހާ

ކުރިން ނަޝީދަށް އަނިޔާ ދެމުން ދިޔައިރު ޝަރުއީ ދާއިރާއާއި ފުލުހުންގެ މައްޗަށް 0 އިތުބާރު އޮތް ދެއްތޯ، މިހާރު ކީއްވެބާ ކަމަނާގެ އިތުބާރު ކުޑަވަނީ.