Facebook page thah hingaa meehun verify kurumuge masahkai kuranee
image
0 ކޮމެންޓް
 

ފޭސްބުކް ޕޭޖްތައް ހިންގާ މީހުން ވެރިފައި ކުރުމުގެ މަސައްކަތް ކުރަނީ

ފޭސްބުކްގައި ހިންގާ ބޮޑެތި ޕޭޖުތައް ހިންގާ މީހުން "ވެރިފައި" ކުރުމުގެ މަސައްކަތް ފަށައިފިއެވެ. muni
ފޭސްބުކްގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވި ގޮތުގައި މަޝްހޫރު އަދި ބޮޑެތި ފޭސްބުކް ޕޭޖްތައް ހިންގާ މީހުން ހޯދުމުގެ މަސައްކަތް ފޭސްބުކުން ދަނީ ކުރަމުންނެވެ. އެކަމަކީ ފޭކް ހަބަރުތަކާއި ޕްރޮޕެގެންޑާޓައް މަދުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރާ ކަމެކެވެ.

އެ މަސައްކަތުގެ އަނެއް ބޭނުމަކީ "ފޭކް އެކައުންޓް" ހަދައިގެން ޕޭޖް ހިންގާ ހިންގުން ހުއްޓުވުން ކަމަށްވެސް ފޭސްބުކުން ބުނެއެވެ.

ފޭކް ހަބަރު ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް ގޫގުލްއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު