Eagles Athun TC ah Hani Molheh
image
ޓީސީގެ އަލާ (ކ) ކައިރިން އީގަލްސްގެ މުއްކި ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
0 ކޮމެންޓް
 

އީގަލްސް އަތުން ޓީސީއަށް ހަނި މޮޅެއް

ރޭ މާލޭ ލީގުގައި ޓީސީ އާއި އީގަލްސް ބައްދަލު ކުރި މެޗު އީގަލްސްއިން ކާމިޔާބު ކޮށްފިއެވެ.
އީގަލްސް އިން ރޭގެ މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް ޖެހި ޕެނަލްޓީންނެވެ. އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޑުއާޑޯ އެވެ. ނަމަވެސް ޓީސީގެ އާރީ ޖެހި ލަނޑާއެކު އެޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ.

ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެއެވެ. ދެވަނަ ހާފް ފެށިގެން ހަ މިނެޓު ތެރޭގައި ލިބުނު ޕެނަލްޓީ އަކުން އީގަލްސްއިން ވަނީ އަލުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ ވެސް ޖެހީ އެޑުއާޑޯ އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ އަނަޓޯލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމާއެކު ޓީސީއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. ނަމަވެސް ޓީސީން ދިޔައީ އީގަލްސް އަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 82 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ޓީސީއަށް ތިން ވަނަ ލަނޑެއް ޖަހައިދީ އަލުން ލީޑު ހޯދައިދީފައެވެ.

ރޭގެ މެޗުން ބަލިވެ އީގަލްސް ތާވަލުގެ ތިން ވަނައަށް ވެއްޓުނުއިރު ރޭގެ މެޗުން މޮޅުވެ އީގަލްސްއަށް ތާވަލުގެ އެއް ވަނައަށް ޖެލިހުމުގެ ފުރުސަތު ލިބުނެވެ. މޮޅާ އެކު ޓީސީ ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ ފަސް މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ.
ހިޔާލު