Bar Council eh ufahdhai vakeelun ge kankamaai mathi kuranee
image
2016 ވަނަ އަހަރު ބޭއްވި ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އަނިލް: ފައިލް ފޮޓޯ
1 ކޮމެންޓް
 

ބާ ކައުންސިލެއް އުފައްދާ ވަކީލުންގެ ކަންކަމާއި މަތިކުރަނީ

ރާއްޖޭގައި ބާ ކައުންސިލެއް އުފައްދައި ވަކީލުންގެ ފަންނުގެ ކަންކަން އެ ކައުންސިލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ވަކީލުކަމުގެ ހުއްދަ އަލަށް ދިން ވަކީލުން ހުވާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަނިލް ވިދާޅުވީ ވަކީލުންގެ ފަންނާއި ގުޅޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި އެމަސައްކަތް ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރައްވާފައިވާނެކަންވެސް އަނިލް ފާހަގަ ކުރެއްވިއެވެ.

އަނިލް ވިދާޅުވީ އެޤާނޫނުގެ ބިލް މަޖިލީހަށް ހުށައަޅުއްވާއިރު ބާ ކައުންސިލެއް އުފެއްދުމާއި ޤާނޫނީ ވަކީލުންގެ ފަންނު އެކައުންސިލްގެ ދަށަށް ގެންދިއުން ހިމަނުއްވާނެ ކަމުގައެވެ.

މިހާރު އެބިލް އޮތީ ދިރާސާކޮށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ނިންމުގެ މަރުހަލާގައިކަމަށްވެސް އަނިލް ވިދާޅުވިއެވެ.

އަލަށް ޤާނޫނީ ވަކީލް ކަމުގެ ހުއްދަ ލިބުނު 175 ވަކީލަކު މިރޭވަނީ ހުވާ ކުރައްވާފައެވެ.
ހިޔާލު

އާޒިމާ

މީ ވަރަށް ހެއްވާ ކަމެއް، ސްޕްރީމް ކޯޓާ ހައިކޯޓް ފަނޑިޔާރުންނަށް ކުރީގެ ރިސީ ގަނޑުވަރު، ދެން ހުރި ކޯޓްތައް ބޮޑު ޖަސްޓިސް ބިލްޑިންގަ ދެން ކީވެއް ވަކީލުންނަށް ވަކި ބާ ތަނެއް ދޭންވީ، އެމީހުންނަށްވެސް އާތަނެއް ހައްގު. އެހެން ނޫނަސް ސިޓީ ކައުންސިލްވެސް އެތަނުން ނެރުނީ އެތާ ނޫޅެވިގެން. އަނިލް ބުނަން ވާހަކައެއް ހެނދުނަށް ފިހެފަ ހުންނަ ބަނަހެއްހެން ހުރެގެން ވަކީލުންނަށް ބާ ކައުންސިލެއް ދީގެން ނުވާނެ، އާތަނެއް ދޭންވާނީ