Que Hadhaigen Thibbaa Que ah Naaraa Dhoanyakah Ice Dhinumun Muzaaharaa Koffi
image
ތިނަދޫ މަސްވެރިން ރޭ މުޒާހަރާ ކުރަނީ---
1 ކޮމެންޓް
 

ކިއު ހަދައިގެން ތިއްބާ ކިއުއަށް ނާރާ ދޯންޏަކަށް އައިސް ދިނުމުން މުޒާހަރާކޮށްފި

ގދ.ތިނަދޫގައި ހުންނަ އައިސްޕްލާންޓުން އައިސް ހޯދަން ގޮސް ކިއު ހަދައިގެން ތިއްބާ ކިއުއަށް ނާރާ ދޯންޏަކަށް އައިސް ދިނުމުން ކި ހަދައިގެން ތިބި ދޯނިތަކުގެ މަސްވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފިއެވެ.
ތިނަދޫއިން ވާހަކަ ދެއްކި މަސްވެރިއަކު ބުނި ގޮތުގައި މުޒާހަރާ ކުރީ އިއްޔެ މެންދުރުން ފެށިގެން ކިއުގައި ބައެއް ދޯނިތައް ތިއްބާ އެ ދޯނިތަކަށްވުރެ ފަހުން އައި ދޯންޏަކަށް އައިސް ދޫކުރުމުންނެވެ.

"މާފަހުން އައި ދޯންޏަކަށް އައިސް ދޫކުރިއިރު އަށް ވަރަކަށް ދޯނި ކިއު ހަދައިގެން ތިބި. އެދޯނިތަކަށް އިސްކަން ނުދީ ފަހުން އައި ދޯންޏަކަށް އައިސް ދިނީމަ މައްސަލަ ހޫނުވީ،" ވީއެފްޕީއާއި ވާހަކަ ދެއްކި މަސްވެރިޔާ ބުންޏެވެ.

މަސްވެރިކަން ރަނގަޅުވާ އިރު އެންމެ ގިނައިން މަސްވެރިކަން ކުރާ އެއް ހިސާބު ހުވަދު އަތޮޅަކީ. އެކަމަކު ކޮންމެ އަހަރަކު މަސްވެރި މޫސުމުގައި މިކަހަލަ އެތައް ކަމެއް މިހިނގަނީ ހުވަދު އަތޮޅުގައި މަސްވެރިކަމަށް ހުރި ވަސީލަތްތައް އެކަށިގެންވާ ވަރަށް ތަރައްގީ ނުކުރެވޭތީ،" ގދ.ތިނަދޫ މަސް ދޯންޏެއްގެ ކައްޕި ބުންޏެވެ.

މަސްވެރިން ބުނި ގޮތުގައި މިފްކޯއިން އެގޮތަށް އަމަލު ކުރީ މަސް ބާނައިގެން އައި ދޯނީގައި ހުރި މަސްތައް ހަލާކުވެދާނެ ކަމަށް ބުނެއެވެ.

"އެތައް އިރަކު އައިސް ނުލިބިގެން ކިއުގައި ތިބެން ޖެހުމުން އަޅުގަނޑުމެންނަށް އިންސާފެއް ނޫން އެލިބުނީ. ދިމާވެގެން އުޅޭ މައްސަލައަކީ ކޫއްޑޫއިން ވެސް ހުރިހާ މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް އުފެއްދެން ނެތީ،" ތިނަދޫއިން ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.

މިހަބަރާ ގުޅެ ގޮތުން ކޫއްޑުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

ގަމާރު

ތިއޮތީ މުޒާހަރާޔަށް މީހުން އުފުލީމަ ފިޔަވަޅު އަަޅާފަ. މިފަހަރުގެ ބޯނަސް ތެރޭއޮވެދާނެ ކިއުގައި ނުޖެހި އައިސްއެޅޭ ގޮތައްވެސް.