Kankan islaahu kurumah mee rangalhu vagutheh: Kureege uhthama fandiyaaru
image
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު: ފައިލް ފޮޓޯ
2 ކޮމެންޓް
 

ކަންކަން އިސްލާހު ކުރުމަށް މީ ރަނގަޅު ވަގުތެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

އެއްވެސް އޮނިގަނޑަކަށް ނުފެތި ޝަރުއީ ދާއިރާގެ ތެރެއިން ކުރަމުން ގެންދާ ކަންކަން އިސަލާހު ކުރުމަށް މީ ރަނގަޅު ވަގުތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލެއް އުފައްދާ ވަކީލުންގެ ކަންކަން ކައުންސިލްގެ ދަށަށް ގެންދަވާނެ ކަމަށް ބަނޑާރަ ނައިބު މުހައްމަދު އަނިލް ރޭ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ފާއިޒް ފޭސްބުކް ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ ބަންޑާރަ ނައިބުގެ މަޤާމަށް އަނިލް އައްޔަންކުރި ފަހުން ބައްދަލުވި ފުރަތަމަ ފަހަރުވެސް ބާ ކައުންސިލެއް އުފެއްދުމަށް އަނިލް އަށް ހުށައަޅުއްވާފައިވާނެ ކަމުގައެވެ.

އޭރު އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފާއިޒު ވިދާޅުވީ ކޯޓް ހިންގުން ބޭފުޅަކާ ހަވާލުކުރުމަށް ފަހު ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވުމަށްފަހު ވަޑައިގެންނެވި އިރު ވަކީލުން ރެގިއުލޭޓް ކުރުން ސްޕްރީމްކޯޓުގެ ދަށަށް ގެނައުމަށް އޭޖީ އޮފީހުގެ ކުރީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ. އަދި ފަހުން ވެސް މަސައްކަތް ކުރަމުން ދިޔަކަމަށް ފާއިޒު ވިދާޅުވެފައި ވެއެވެ.

ފާއިޒު ވިދާޅުވީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ބާ ކައުންސިލެއް އުފެއްދުމަށް އަނިލްއަށް ހުށައެޅުއްވީވެސް ފާއިޒު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ނެތް ދުވަހަކުން ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑީޝަރީގެ ދަށަށް ގެނާނެކަން އެނގިވަޑައި ގަންނަވާތީ ކަމުގައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ދަފްތަރު ބެލެހެއްޓުން ފިޔަވައި ވަކީލުންގެ އިދާރީ ކަންކަމާއި ގުޅޭ އެއްވެސް މަސައްކަތް ސްޕްރީމް ކޯޓުން ކުރާގޮތަށް ކުރިން ހަމަޖެހިފައި ނޯންނާނެ ކަމުގައެވެ. އަދި މިއީ މިފަދަ ކަންކަން އިސްލާހުކޮށްލަން ރަނގަޅު ވަގުތެއް ނޫންތޯ، ފާއިޒު ސުވާލު ކުރައްވާފައި ވެއެވެ.

ވަކީލުކަމުގެ ހުއްދަ އަލަށް ދިން ވަކީލުން ހުވާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކީލުންގެ ފަންނާއި ގުޅޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި އެމަސައްކަތް ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރައްވާފައިވާނެކަންވެސް އަނިލް ފާހަގަ ކުރެއްވިއެވެ.

އަނިލް ވިދާޅުވީ އެޤާނޫނުގެ ބިލް މަޖިލީހަށް ހުށައަޅުއްވާއިރު ބާ ކައުންސިލެއް އުފެއްދުމާއި ޤާނޫނީ ވަކީލުންގެ ފަންނު އެކައުންސިލްގެ ދަށަށް ގެންދިއުން ހިމަނުއްވާނެ ކަމުގައެވެ.

މިހާރު އެބިލް އޮތީ ދިރާސާކޮށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ނިންމުގެ މަރުހަލާގައިކަމަށްވެސް އަނިލް ވިދާޅުވިއެވެ.
ހިޔާލު

އަުމަދު

މިޤައުމުގައި ތިބިފަޑިޔާރުންނަށްވރެ ކރަޕްޓް ބައެއް އެއްވެސްޤައުމެއް ނޯންނާނެ. ނަމުގައި އިސްލާމުން..

ޢާން

އަނިލްމެން މިބަލަނީ ލެގެސީ ދެމެހެއްޓޭތޯ؟ އެއްކޮށްކިޔަވަިގެން ނުކުމެ އެންމެ މޮޅުކުއްޖާ ހުވާނުކުރެވި، ސަރުކާރަށް ތާއީދުކުރިޔަސް މިކަހަލަ ކަންތަކަށް ތާޢީދެއް ނުޖުރެވޭނެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މިކަން ބައްލަވަންޖޖެހިލައްވާ.. މަގޭވޯޓު ބާތިކުކުރަން ޖެހިދާނެ. އާޒިމާ މިކަްތަކާ ވިސްނަވާ، ތިބޭފުޅުންގެ ފަހުގެ ޖީލުތަކަށް އިޖްތިމާޢީ އަދާލަތު ކަށަވަރުކުރައްވާ