Boduthakurufaanu Magu Hedhumuge Massakai Kuranee Qavaidhaa Hilaafah!
image
އެސަރަހައްދުގައި ހުރި ގިނަ ގަސްތަކެއް ނަގާ އެސަރަހައްދުހުސްކޮށްފައި-- ފޮޓޯ:އާލީ މެސީ
9 ކޮމެންޓް
 

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަނީ ގަވާއިދާ ހިލާފަށް!

ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ހެދުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަންމުގެ ގަވާއިދާ ހިލާފަށްކަން ވީއެފްޕީއަށް އެނގިއްޖެއެވެ. muni
ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަންމުގެ ގަވާއިދަށް ގެނެސްފައިވާ ދެ ވަނަ އިސްލާހުގެ ޖަދުވަލު (ރ) ގެ 14 ގައި ބުނެފައިވާ ގޮތުގައި ޕޭވް ކޮށްގެން މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރިޕޯޓު ތަައްޔާރުކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހެޅުމަށްފަހެވެ. ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެ ރިޕޯޓު ހަދާ އީޕީއޭއަށް ހުށަހަޅާފައެއް ނުވެއެވެ.

އެ މަޝްރޫއުގެ އީއައިއޭ ނުވަތަ އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓު ރިޕޯޓާ ބެހޭ ގޮތުން އީޕީއޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އީޕީއޭއިން މީގެ ކުރިން އަމަލު ކުރަމުން އައިަސްފައިވާ ގޮތަކީ އެއްވެސް މަޝްރޫއަކާ ބެހޭ އީއައިއޭއެއް ހަދާ ނަމަ އެ ރިޕޯޓެއް އީޕީއޭގެ ވެބްސައިޓުގައި އާއްމު ކުރުމެވެ.

އެރިޕޯޓު ނުހަދާ ގަވައިދާ ހިލާފަށް ހައުސިން މިނިސްޓްރީ އިން މާލޭގެ ބޭރު މަގުގެ ގިނަ ގަސްތަކެއް މިހާރު ކަނޑާ ނަގާފައިވާ އިރު އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ވެސް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެމަޝްރޫއުގެ ދަށުން މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލް އާ ހަމައަށް މަގު ފުޅާކުރަން ހައުސިން މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. އަދި ގަސްތައް ކަަނޑާ ނެގިނަމަވެސް މަޝްރޫއު ނިމުމުން 450 ހެއްހާ ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.
ހިޔާލު

ޞީޅޭ

ގަސް ބަހައްޓަންވީ ގަސްބުޑައް ހީސްލާ، ކުނިފުނިޖަހާ، ރަތްކުޅުޖަހަންތަ. މިދިވެހިންނެއް ނުވާނެ ރަގަޅެއް. މިނިވަންކަމުގަ މާގިނަދުވަސްވީ ތޯޗެއް

ގޮބޮޅި

ތިމާވެއްޓަށް އަސަރުކުރިއްޔާ ތިކަން ނުކުރާނީތަ

15ބުރި

މުއިއްޓޭ ގެ 15ބުރިއަށް އެބައަރާ

8.17

މަމިހީކުރީ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ވިލިގިލި ޓަމިނަލާ ދެމެދު ކަމަށް. ބުރިޖާއިވީ ފަޅިދޯ...

ޟަފރަ

450 ގަސް އިންދާނަމޭކިޔާފަ ނިއުސް އެއް ބުރޭކްކުރީ، އެ ހުރިގަސްތައްކަނޑަންވެގެން ، ރައްޔިތުން ގުނބޯހައްދަން، މުއިއްޒު މުއިއްޒު ނުވެބަލަ

ޞޮދަގަތު މިއާ

މިސަރުކާރުން ގަވައިދާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފަ އެބައޮތްތޯ އަހާލައިފިއްޔާ ޓެރަރިޒަމްގެ ދައުވާ ކޮށްފާނެތީ އެހެނެއް ނާހާނަން.

ކާފަ

ނައީމްބޭ ކައިރީގަ ބުނިން ނައީމްބޭ އެރިޕޯރޓް ހަދާލާފަ ފައިލްކޮށްލާށޭ

ނޭފަތުފޫޅު

މަގު ފުޅާކުރަންވީ އިއްޒައްދީނު ފާލަމާ ހަމަޔަށް.

ހައްވަ

ތިއޮތީ ޤާނޫނާ ޚިލާފަށް މުއިއްޒު ވެފައި. އަނެއްހެން ގޯހެއް ނެތް. އެއީ ހަމަ މިސަރުކާރުގެ އާދަ!