Juventus In Morata Anburaa Gendhiumge Mashvaraa Fashaifi
image
އަލްވާރޯ މޮރާޓާ ފޮޓޯ:---
0 ކޮމެންޓް
 

ޔުވެންޓަސްއިން މޮރާޓާ އަނބުރާ ގެންދިއުމުގެ މަޝްވަރާ ފަށައިފި

ޗެލްސީއާ މިދިޔަ ސީޒަނުގައި ގުޅުނު ރިއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އަލްވާރޯ މޮރާޓާ އަނބުރާ ގެންދިއުމަށް އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސްއިން މަސައްކަތް ފަށައިފިއެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޔުވެންޓަސްއިން ޗެލްސީއާ މޮރާޓާއާ ބެހޭ ގޮތުން ބައްދަލުވުންތަކެއް ބާއްވާފައިވާއިރު އެކްލަބުން ބޭނުން ވަނީ މަރިއޯ މަންޑުޒިޗު ނެތްތައް ފޫބެއްދުމަށް ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ އަލުން އެކްލަބަށް ސޮއި ކުރުވުމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ދެ ސީޒަނުގެ މުއްދަތަށް ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގައި ހޭދަކުރި އަލްވާރޯ މޮރާޓާ ވަނީ އެކްލަބުގައި ވިދާލާފައެވެ. ނަމަވެސް އޭނާގެ ލޯނު އެއްބަސްވުން ނިމުމަކަށް ގެނެސް އޭނާ އަނބުރާ ރިއާލްއަށް ގެންދިއުމާއެކު މޮރާޓާއަށް ދަނޑުމަތިން ލިބިގެންދިޔަ ވަގުތު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއާއެކު އޭނާ ވަނީ ކްލަބުގައި އިތުރަށް މަޑުނުކުރުމަށް ނިންމާ ޕްރިމިއާ ލީގު ކްލަބު ޗެލްސީއަށް ބަދަލުވެފައެވެ.

ޗެލްސީއާ ގުޅުމުގެ ކުރިން ވާދަވެރި ޔުނައިޓެޑާއި ގުޅުމާ ވަރަށް ގާތަށް ޖެހިލި އަލްވާރޯ މޮރާޓާ ޗެލްސީއަށް ބަދަލުވެފައިވަނީ 58 މިލިއަން ޕައުންޑުގެ ފީއަކަށެވެ. ޔުވެންޓަސްގައި ހޭދަކުރި ދުވަސްތަކުގައި މޮރާޓާ ވަނީ އެކްލަބަށް 93 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ. އޭނާ އަކީ ޔުވެންޓަސްގެ ސަޕޯޓަރުންގެ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ ކުޅުންތެރިއެކެވެ.
ހިޔާލު