Thinadhoo Engine Ge Roakollithaa 2 Aharu, Thahugeegah Veenuvee eh Neygey!
image
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާ ހުލިވަނީ-- ފޮޓޯ:ކިއުންތެރިއެއް
1 ކޮމެންޓް
 

ތިނަދޫ އިންޖީނުގެ ރޯކޮށްލިތާ ދެ އަހަރު، ތަހުގީގަށް ވީނުވީއެއް ނޭނގޭ!

ގދ.ތިނަދޫ އިންޖީނުގޭގައި ރޯކޮށްލި ހާދިސާއަށް ޖެނުއަރީ މަހުގެ ނިޔަލަށް ދެ އަހަރު ފުރުނު އިރު އެ ހާދިސާއައި ގުޅިގެން ފުލުހުން ފެށި ތަހުގީގެއް ވީނުވީއެއް ނޭނގެއެވެ. dhi2
ޖެނުއަރީ، 25، 2016 ވަނަ ދުވަހުގެ ދަންވަރު އިންޖީނުގެ އަނދާ ހުލިވެފައިވާއިރު، އޭގެ ސަބަބުން މުޅި ރަށް ހުއްޓުމަކަށް އައެވެ. ކުއްލިއަކަށް ދިމާވި އެހާދިސާގެ ސަބަބުން ފަސް ވަރަކަށް ދުވަހަށް އެރަށުގެ ރައްޔިތުން ކަނު އަނދިރީގައި ދިރިއުޅެން މަޖުބޫރުވީއިރު އެއީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެކެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ފޮރެންސިކް ޓީމެއް އެރަށަށް ގޮސް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަފައިވީނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ތިނަދޫ އިންޖީނުގޭގައި ދިމާވި އަލިފާނުގެ ހާދިސާގެ ތަހްގީގު ގޮސްފައިވާ ހިސާބެއް ސާފު ކުރަން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އެނދި ހާދިސާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެހާދިސާގެ ތަހްގީގަށް ވީނުވީ އެއް ނޭނގެއެވެ. އެ ހާދިސާއާ ގުޅިގެން ތިން މީހަކު 2016 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ހައްޔަރު ކުރިއެވެ. ބަންދުގައި ގެންގުޅުމަށްފަހު އެމީހުން ދޫކޮށްލިތާ ވެސް އެތައް ދުވަހެއް ވަނީ ވެފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޖީނު ގޭގެ މުވައްޒަފުންތަކެކެވެ.

އިންޖީނުގޭގައި ރޯވުމުގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް، ރަށުގެ ކުދި ބޮޑު އެންމެން މަގުމަތީ ކުނާ އަޅައިގެންނާއި ޖޯލިތަކުގައި ނިދި ހަނދާންތައް ރައްޔިތުންގެ ހިތްތަކުން ނުފިލައެވެ. އެހާލުގައި ރަށުގައި ދިރިއުޅެން އުނދަގޫވެ ކިރިޔާވެސް ގޮތެއް އޮތް ބަޔަކުވިއްޔާ ފުރައިގެން އެކި ތަންތަނަށް ދިޔައެވެ. ވިޔަފާރިވެރިންގެ ބައެއް މުދާތައް ހަލާކުވެ ގެއްލުންތައް ވީއިރު، ރަށުގެ ރައްޔިތުންނަށް ބޯފެން ލިބޭނެ ގޮތްތައް ހުސްވިއެވެ.

އާބާދީގައި 10،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ތިނަދޫގައި ހިނގި އެހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނިމާލު، އެތަނުގެ މުވައްޒަފުންނާއި ހަވާލާދީ އޭރު ތުހުމަތުކޮށްފައިވެއެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.
ހިޔާލު

ނޭފަތުފޫޅު

މިހާތަނަށް ރާއްޖޭގައި ހިނގި މިކަހަލަ އަލިފާޏުގެ ހާދިސާ ތަކުގެ އެއްވެސް ތަހުގީގެއް ފުރިހަމަވެފައި އެބަ އޮތްތޯ؟ 2012 ފެބްރުއަރީ ގައި އައްޑޫ އަދި ތިނަދޫ ގައި ހިންގި އަލިފާނުގެ ހާދިސާ ތަކުގެ ތަހުގީގު ކޮށް މައްސަލަތައް ޝަރީޢަތަށް ފޮނުވުނު. ކިތައް މައްސަލަތޯ ސާބިތުވެ ހުކުމް ކުރެވުނީ. ސާބިތުނުކުރެވޭނެ ނޫންތޯ އަސްލު ހުޅުޖެހި ބައެއް ހޯދިފައި ނުވަންޏާ.