Shaahidhaa ge Maruge Mahsalaigai Eynaage Firimeehaa Hahyarukoffi
image
ނޮޅިވަރަމުން މާލެ ގެނައުމަށް ޝާހިދާގެ ހަށިގަނޑު ލޯންޗަށް އަރުވަނީ--
0 ކޮމެންޓް
 

ޝާހިދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި

މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ފަތިހު ހދ ނޮޅިވަރަމުގައި ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ. muni
ޝަހީދާގެ މަރުގެ މައްސަލާގައި އެރަށުން އުމުރުން 61 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ވީއެފްޕީ އަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ޝަހީދާގެ ފިރިމީހާއެވެ.

ޝަހީދާގެ މަރާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި ޝަހީދާގެ މަރާއި ގުޅިގެން އުމުރުން 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިއަދު 12:54 ހާއިރު ނޮޅިވަރަމުންނެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އިތުރު ތަފުސީލެއްް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝާހިދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ޝާހިދާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ މަހުގެ 6 ގައި އިންޑިއާގެ ޓްރިވެންޑްރަމްއަށް ގެންގޮސްފައިވެސް ވެއެވެ. އެހެންނަމަވެސް މިހާރު ހަށިގަނޑު ރާއްޖެގެނެސް ކުޅުދުއްފުށީގައި ވަނީ ވަޅުލާފައެވެ.

ގޭގެ ގިފިލި ތެރޭގައި ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ އޭނާގެ ފިރިމީހާއަށް ފެނިފައިވާއިރު، އޭނާ ވަނީ ޝާހިދާ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝާހިދާ ވަނީ މަރުވެފައެވެ.

ޝާހިދާ ދަންޖެހުނު ދުވަހު އެނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. އަދި އެމަރާއި ގުޅިގެން ރަށުގެ މީހުން އަންނަނީ އޭނާގެ ފިރިމީހާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
ހިޔާލު