Masveringe Shakuvaathah Hassaagai, Libunu Halleh Nei!
image
މަސްވެރިންތަކެއް މަސް ބާނަނީ ފޮޓޯ: ގްރީންޕީސް
2 ކޮމެންޓް
 

މަސްވެރިންގެ ޝަކުވާތައް ހައްސާގައި، ލިބުނު ހައްލެއް ނެތް!

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވަސްވަރެކެވެ. ވަކިން ހާއްސަ ގޮތެއްގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް މަސްވެރިކަން ރަނގަޅުވެއެވެ. kobadoctor
ރާއްޖޭގެ މަސްވެރިކަން ފާއިތުވި ދުވަސްތަކުގައި ހީނުކުރާ ވަރަށް ދަށަށް ގޮސް މިދިޔަ ހަފުތާގެ ތެރޭގައި މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވެފައިވާއިރު މަސްވެރިންގެ ފަރާތުން އިވެމުންދަނީ ޝަކުވާތަކެވެ. މަސްވެރިކަން ރަނގަޅުވި ދަނޑިވަޅުގައި މަސްވެރިންނަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައި ނުވާތީއެވެ.

މަސްވެރިންގެ ޝަކުވާތައް ސޯޝަލް މީޑިއާއާއި އެނޫން ވަސީލަތްތަކާއެކު ސަރުކާރަށް އިއްވުމަށް އެފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، މަސްވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ރިޔާސީ ވައުދުގެ ތެރޭގައި ބެޔަސް ނުބެޔަސް 10،000 ރުފިޔާ މަސްވެރިންނަށް ދޭން ވައުދުވެވަޑައިގެންނެވިއިރު އެ ފައިސާ މަސްވެރިންނަށް ނުލިބުނުތާ، މަސްވެރިންނަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދީފައި ނުވާތީއެވެ.

އާފަލާއި އޮރެންޖާ ބުޅީގައި ޖަހާއި ވަރަށް މަސްވެރިކަން ތަރައްގީވެފައިވާކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނަށް ހީވިނަމަވެސް އެތައް ގަޑިއިރުތަކެއް ވަންދެން ގއ. ކޫއްޑޫ ގައި މަސްނުކިރިގެން ދެކުނުގެ ގިނަ މަސްދޯނި ބަނދަރުކޮށްގެން ތިބެން ޖެހޭ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނަނެވެ. އަދި ބާނާ މަސް ތާޒާކަން މަތީ ބެހެއްޓުމަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މަސްވެރިން ބުނެއެވެ. ބައެއް ރަށްރަށުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓުތައް ހަލާކުވެ އައިސް ނުއުފައްދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

"އެތައް އިރަކު އައިސް ނުލިބިގެން ކިއުގައި ތިބެން ޖެހުމުން އަޅުގަނޑުމެންނަށް އިންސާފެއް ނޫން އެލިބުނީ. ދިމާވެގެން އުޅޭ މައްސަލައަކީ ކޫއްޑޫއިން ވެސް ހުރިހާ މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް އުފެއްދެން ނެތީ،" ގދ.ތިނަދޫއިން ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.

ހުވަދު އަތޮޅުގައި މަހަށް ދުއްވާ ދޯންޏެއްގެ ކެޔޮޅަކު ބުނިގޮތުގައި ފައިސާ ފަހުން ދައްކާ ގޮތަށް މަސްވެރިންގެ އަތުން މަސް މިފްކޯއިން ނަގާ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ.

"މިފަހަރު އަދި ވަރަށް ރަނގަޅަށް އެގޮތަށް ހަދާފައި ހުރީ. އެއީ ލަސްވެގެން ހަފުތާއެއް ތެރޭ މަހުގެ އަގުދޭ. ކުރިން އެބަހުރި ހަފުތާ ދެހަފުތާ ވެފައި. އެހެން ވީމަ އަޅުގަނޑުމެން ވެސް މިހެން ލިބޭ ލާރިއަށް ދިރިއުޅުން ބިނާ ކުރަންވީމަ ދަތިތަކާ ކުރިމަތިވާނެ. މިހާރު އެގޮތަށް މަސް ނަގާ ނަމަ ބިލުން ކަނޑާ ގޮތަށް އައިސްއާއި ތެޔޮ ވެސް ދޭ،" މަސްވެރިއަކު ބުންޏެވެ.

މަސްވެރިންގެ ޝަކުވާތައް ގިނަ އެވެ. ވާނީވެސް އެހެންތާ އެވެ. މަސްވެރިކަމުގެ މޫސުމުގައި ކަންތައްތައް ދިމާވަނީ އަބަދުވެސް ދެރަ ގޮތަކަށެވެ.

"ފިޔޯރީ، މާތޮޑާ، ގައްދޫ، ގެމަނަފުށި، ދާންދޫ ކޮލަމާފުށީ ދެއްވަދޫގައި އައިސް ޕްލާންޓު އެބަހުރި. ދެން ކީއްވެތޯ މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބެންވީ. ހުރިހާ ދޯނިތައް އައިސް ހޯދަން ކޫއްޑުއާއި ތިނަދޫގައި ކިއު ހަދަން ޖެހެނީ. އައިސް ޕްލާންޓު ނަމަކަށް އެޅިޔަސް ނުވާނެ. އެތަންތަނަކީ ރަނގަޅަށް މަސައްކަތް ކުރާ ތަންތަނަށް ހަދައިގެން މަސްވެރިންނަށް މަންފާ ކުރާނީ،" ގދ.ތިނަދޫ ދޯންޏެއްގެ ކެޔޮޅަކު ވިދާޅުވިއެވެ.

މަސްވެރިން ގަބޫލު ކުރާ ގޮތުގައި ކޮންމެ އަހަރަކު ވެސް މަސްވެރި މޫސުމަށް މަސްވެރިންނަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެނީ މަސްވެރިކަމަށް ހުރި ވަސީލަތްތައް ތަރައްގީ ނުކުރެވޭތީއެވެ.
ހިޔާލު

ބޮޑުކަންނެލި

ކަންނެލި ނުކިރިގެން އެތައްދުވަހެއް ކިއުގައި ތިބެންޖެހޭ. ކަނޑުއޮތްގިރިއަށް ކަންނެލި ކިރެނީ ވަކިވަކި ދޯނިތަކެއްގެ. ކަންނެލި ބާނަން ފަށާއިރަށް އަގު ވައްޓާލާ. މިއީ މަސްވެރިންގެ ޙާލަތު މިސަރުކާރުގައި ހުރިގޮތް.

އަހުމަދު

ތާކުންް ތާކުން ޖެހޭ ލިޔުމެއް ނޫން