Shahidhaage Firimeehaage Bandhah 15 Dhuvas
image
ޝާހިދާގެ ހަށިގަނޑު މާލެ ގެންނަން ލޯންޗަށް އަރުވަނީ---
0 ކޮމެންޓް
 

ޝާހިދާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް

މާޗު މަހުގެ އެއްވަނަ ދުވަހުގެ ފަތިހު ހދ ނޮޅިވަރަމުގައި ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ އަބޫބަކުރު އިބްރާހީމްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ. Dhiraagu
ފުލުހުން ބުނެފައިވާ ގޮތުގައި ޝަހީދާގެ މަރާއި ގުޅިގެން އުމުރުން 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ އިއްޔެ 12:54 ހާއިރު ނޮޅިވަރަމުންނެވެ.

އޭނާގެ ބަންދަށް 15 ދުވަސް އިއްޔެ އިތުރުކޮށްފައިވަނީ ކުޅުދުއްފުށި ކޯޓުންނެވެ.

ޝާހިދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޝާހިދާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ މަހުގެ ހައެއް ގައި އިންޑިއާގެ ޓްރިވެންޑްރަމްއަށް ގެންގޮސްފައި ވެސް ވެއެވެ. ހަށިގަނޑު މިހާރުވަނީ ރާއްޖެ ގެނެސް ކުޅުދުއްފުށީގައި ވަޅުލާފައެވެ.

ގޭގެ ގިފިލި ތެރޭގައި ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ އޭނާގެ ފިރިމީހާއަށް ފެނިފައިވާއިރު، އޭނާ ވަނީ ޝާހިދާ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝާހިދާ ވަނީ މަރުވެފައެވެ.
ހިޔާލު