Partythakuge ethereyge inthihab thakaha EC ah aiyy beyney gothah Gaanoonu islaahu kuranee
image
އީސީގެ ރައީސް އަހުމަދު ޝަރީފް
3 ކޮމެންޓް
 

ޕާޓީތަކުގެ އެތެރޭގެ އިންތިހާބަށް އީސީއަށް އަތް ބޭނޭގޮތަށް ޤާނޫނު ބަދަލު ކުރަނީ

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތަކާއި މެމްބަރޝިޕަށް އިލެކްޝަންސް ކޮމިޝަނަށް ބަސް ކިޔޭގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށައެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މިފަދަ އިސްލާހެއް ގެނެއުމަށް ހުށައެޅުއްވީ ސިޔާސީ ޕާޓީތަކުގެ ކަންކަން ރެގިއުލޭޓްކުރުމަށް އިލެކްޝަންސްކޮމިޝަނަށް ޤާނޫނީބާރު ހޯދުމަށްކަމުގައެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބު ތަކާއި ޕްރައިމަރީތަކުގެ އިތުރުން ޕާޓީތަކުގެ ކައުންސިލް ބައްދަލުވުންތައް އިލެކްޝަންސް ކޮމިޝަނަށް މޮނިޓަރ ކުރެވޭ ގޮތަށް އެކޮމިޝަނަށް ޤާނޫނީ ބާރު ބޭނުންވާ ކަމުގައެވެ. ޝަރީފް ވިދާޅުވީ މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ އިސްލާހުތަކަށް ޤާނޫނީ ބާރު ލިބުމުން ސިޔާސީ ޕާޓީތަކުގެ އާއްމު ޖަލްސާތައްވެސް އިލެކްޝަންސް ކޮމިޝަނަށް މޮނިޓަރ ކުރެވޭނެ ކަމުގައެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ކަންކުރަން ޖޭނުންވަނީ ސިޔާސީ ޕާޓީތައް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި ކަމުގައެވެ.

އެގޮތަށް ކަންކުރަން ޖެހެނީ ލަގަނެއް ނެތް އަހެއް އޮންނަ ގޮތަކަށް ބޭނުން ދިމާލަކަށް ސިޔާސީ ޕާޓީތައް ދިއުމަށް ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާތީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ހިޔާލު

ސަންސީން

އީސީ ފުރަމަތަ ކުރަންޖެހޭ ކަމަކީ މިހާރު ވެސް ގާނޫނުން ދީފައިވާ ކަންކަންކުރެވޭތޯ ބަލާށެވެ. އެގޮތުން ތި ކޮމިޝަނުން 12 މެމްބަރުންގެ ގޮޑި ގެއްލިފައިވާކަމަށް ބުނެ އިޢުލާންކޮއްފައިވާ ބައި އިލެކްޝަން ގާނޫނުގައިވާ ގޮތުގެމެތީން އަދި ސުޕްރީމް ކޯޓުން ނެރުނު ހުކުމްއާއި އެއްގޮތަށް ބޭއްވުނު ތޯ ؟ އަދި ތި އިލެކްޝަނުން އަންގާފައިވާ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދީން ބައިވެރި ނުކުރުމަށާއި އަދި ބައިވެރި ކޮއްފިނަމަ ފިޔަވަޅު އަޅާނެކަމަށް އަމުރު ކުރުމުން ޕީޕީއެމް ޖަލްސާގައި ކުޑަކުދީން ބައިވެރިކޮއްފައިވާތީ އެކަން ތި ކޮމިޝަނުން ބެލުނު ތޯ ؟ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭންޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ 31 މާރޗް 2018 ކުރި އެފައިސާ ޕާޓީތަކަށް ގާނޫނުގައިވާ ދުވަހަށް ދީފައި ވޭތޯ ؟ އެހެން ކަމުން ގާނޫނުއަކީ ކޯއްޗެއްކަން ނޭގޭ މަގާމަށް ދަހިވެތި ބަޔަކަށް ކަންކަން ހަވާލުކުރީމާ ނުކުރެވުނު ކަމެއް ދެން އިތުރު އެހެންކަންކަން ހަވާލުކުރީމާ ކިހަނަކުންތޯ ކުރާނީ ؟ ނުވާވަރުން ފޫ ގަޅަށްޔާ ދެން ފެންނާނީ އޭތިއެވެ.

ސިންކް

މޮނީޓަރ ކުރަން ޕީއެސްއެމްގެ 3 ޗެނަލް ބަލާބަލަ. އޭރުން އިނގޭނެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހާލަތު ..

ޟޕ

ޥަރަށް ސަޅި 👌👌👌