Uhthama Fandiyaarai Ali Hameedhge Dharifulhuge Namugai Huri Villaathakakah Villaain Faisaa Dhekki: Dhaulai
image
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު---
3 ކޮމެންޓް
 

"ދެ ދެފަނޑިޔާރުންގެ ދަރިންގެ ނަމުގައި ހުރި ވިލާތަކަކަށް ވިލާއިން ފައިސާ ދެއްކި"

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިފުޅުގެ ނަމުގައި މެލޭޝިޔާއިން ވިލާތަކެއް ރިޒާވްކޮށް އެ ވިލާތަކަށް ދައްކަން ޖެހޭ ފައިސާއިން ބައެއް ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައްކާފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށްފިއެވެ.
ދައުލަތުން އެގޮތަށް ތުހުމަތުކޮށްފައިވަނީ ގާސިމްގެ ދަރިކަލުން އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ އެމްޑީ އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާގައެވެ.

ސިޔާދުގެ މައްޗަށް ކުރާ ދައުވާ އިއްޔެ ކްރިމިނަލް ކޯޓުގައި އިއްވާފައިވާ އިރު ދައުލަތުން ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދަރިފުޅު އަހުމަދު މިސްފިރުގެ ނަމުގައި ރިޒާވްކޮށްފައިވަނީ މެލޭޝިއާގެ ސައިބަޖަޔާގެ ސެޓިއާ އީކޯ ގްލޭޑްސްއިން ލޭކް ފްރޮންޓު ވިލާތަކެކެވެ.

އެ ވިލާތަކަށް ދައްކަން ޖެހޭ ފައިސާއިން ބައެއް ދެއްކި ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ހާމަކޮށްފައެއް ނުވެއެވެ. ސިޔާދުގެ މައްޗަށް ކުރާ ތުހުމަތުގައި އިތުރަށް ބުނެފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދުގެ އެޕާޓުމެންޓުން ފެނުނު ވިލާޝިޕިންގެ އެމްޑީގެ ހައިސިއްޔަތުން ސިޔާދު ސޮއިކޮށްފައިވާ ސިޓީގައި އުއްތަމަ ފަނދިޔާރައި އަލީ ހަމީދުގެ ދަރިފުޅު އަހުމަދު މިސްފިރުއާއެކު ޖުމްލަ ތިން މީހަކަށް ޖުމްލަ 2.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަން އެނގެން އޮންނަ ކަމަށެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރަނީ 2.4 މިލިއަން ޑޮލަރު ދޭން ނިންމާ މެލޭޝިޔާގައި ހުރި ވިލާތަކަށް ފައިސާތަކެއް ދައްކާފައިވަނީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ގާސިމް ވެސް މިނިވަން ކުރުން ހިމެނޭ ގޮތަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ ބަދަލުގައި ކަމަށް ތުހުމަތު ކޮށެވެ.

ސިޔާދުގެ މައްޗަށް ކުރާ ދައުވާއައި ގުޅިގެން އިއްޔެ ބޭއްވި އެ އަޑުއެހުން މައްސަލަ ބަލާ ގާޒީ ކުއްލިއަކަށް ބަދަލު ކުރުމާ ގުޅިގެން ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.
ހިޔާލު

ސސ

ވިޔަފާރި ވެރިން ހިންގާ ހުރިހާ ވިޔަފާރި މުއާމަލާތަކީވެސް އޭގައި ރިޝްވަތު ހިމެނޭ ކަމަށްތޯ ތިބުނުއްވަނީ!

ޢަލީ

މިއަދު މިނިސްޓަރު ސައީދު އިދިކޮޅުވެއްޖެއްޔާ އޭނާއަށް ގާސިމް ކިޔަވާދިންކަންވެސް ވާނީ ބޮޑުކުށަކަށް

ފިރުޓޭ

ބަލަގަ އެމީހުންނަށްވެސް ލިބޭ މުސާރައިން ދެކޮޅު ނުޖެހެންޏާ ހަމަ ރައްޓެހިން ތިބެދާނެ ދޯ އެހީވާން! އެއީ އަހުރުމެންވެ ވެރިންނަށް ތިބޭ މީހުންގެވެސް މުސާރައިން ދެކޮޅުނުޖެހޭތީ، ރައްޓެހިން ހަމަ އެހީވޭނު! ދޭ އެހީގެ އަދަދެއް ކޮންމެހެން ބަލާނެ ކަމެއް ނެތެއްނު! އޯކޭ އޭ!