Riyaz ah dhanee lainsaanee aniya dhemun: JP
image
ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
1 ކޮމެންޓް
 

ރިޔާޒަށް ދަނީ ލާއިންސާނީ އަނިޔާ ދެމުން: ޖޭޕީ

ސަރުކާރު ހައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ. kobadoctor
ކުރީގެ ޕޮލިޝްކޮމިޝަނަށް އަބްދުﷲ ރިޔާޒަށް ސަރުކާރުން ލާއިންސާނީ އަނިޔާތައް ދެމުން ގެންދާކަމަށް ޖުމްހޫރީ ޕާޓީންބުނީ މިއަދު އެޕާޓީން ބޭއްވި ޕްރެސްކޮންފަރެންސެއްގައެވެ.

ޖަލުގައި "ޓޯޗާ ކޭމްޕެއް" ހިންގަމުން ގެންދާކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރިޔާޒު ހައްޔަރުކޮށްފައިވަނީ އިޖްރާތްތަކާއި ހިލާފަށް ކަމަށާއި ރިޔާޒު ހުންނެވީ ރަހީނު ކޮށްފައި ކަމުގައެވެ. އަދި ރިޔާޒަށް ބޭސްފަރުވާގެ ކަންކަންވެސް ޖަމަހައްސައި ނުދޭކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށް ޑރ ހުސެން ވިދާޅުވިއެވެ.

ޒިޔާޒަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށާއި ޒިޔާޒަށް ދެމުން ގެންދަނީ ލާއިންސާނީ އަނިޔާކަމަށްވެސް ޑރ ހުސެން ވިދާޅުވިއެވެ. އަދި ޖަލުގައި އަނިޔާކުރާ ޖައްލާދުންނާއި ހަމައަށް ޤާނޫނުގެ ދިގު އަތް ފޯރާނެ ކަމަށާއި އެމީހުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ޑަރ ހުސައިން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ރިޔާޒު ހައްޔަރުކޮށް ކުއްލި ހާލަތުގެ ދަށުން ކަމަށް ބުނެ މުއްދަތު އިތުރުނުކޮށް އެތައް ދުވަހެއް ވަންދެން ބަހައްޓާފައިވެއެވެ.

ރިޔާޒުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުމުގެ ދައުވާގެ އިތުރުން ވެސް ޖިނާއީ ދައުވާތައް ދަނީ ކުރަމުންނެވެ.
ހިޔާލު

ރައްޔިތު މީހާ

ކުއްވެރިންނަށް އަދަބު ދޭންޖެހޭނެ... ކަމިޝްނަރަކަށް ހުރިއިރު ނުހައްޤުން ކިތައްމީހުންނަށް ލާއިންސާނީ އަނިޔާދިނިންތޯ އަހާފަ އެކަންތައްވެސް ސާބިތުވަންޏާ އެއަށްވެސް ޚައްޤު އަދަބުދީ ތިޔަޖާހިލަށް.....