UNge Nimmumah Dhin Javaabu Badhalukoh, Mashvaraathah Fashaa: Raees Nasheed
image
ރައީސް ނަޝީދާއި ރައީސް ޔާމީން---
3 ކޮމެންޓް
 

އދގެ ނިންމުމަށް ދިން ޖަވާބު ބަދަލުކޮށް، މަޝްވަރާތައް ފަށާ: ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުން ދިން ޖަވާބު ބަދަލުކޮށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފެށުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ. muni
ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ދެ މައްސަލައަކާއި ގުޅިގެން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެމަނިކުފާނަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް ކަނޑައެޅުމާއި ގުޅިގެން އެ ނިންމުން ބަލައި ނުގަންނާނެ ކަމަށާއި އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ ކޮމިޓީގެ ނިންމުމާ ގުޅިގެން ސަރުކާރުން ދިން ޖަވާބު ބަދަލުކޮށް މިނިވަން އިންސާފުވެރި އިންތިހާބަކަށް ދިއުމަށް އިހުލާސްތެރިކަމާއެކު ޕާޓީތަކާއެކު މަޝްވަރާއަށް ދިއުމަށް ގޮވާލައްވާ ކަމަށެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވާ ޝަރުއީ އިޖުރާއަތުތައް ބިނާކޮށްފައިވަނީ ރަނގަޅު ނޫން ގާނޫނުތަކެއްގެ މައްޗަށް ކަމަށެވެ. އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހުރޫމުކޮށްފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް އިއްވާ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހަދާފައިވާ އިރު އެއީ ރާއްޖެއިން ބައިވެރިވެފައިވާ އައިސީސީޕީއާރުގެ 25 ވަނަ މާއްދާއާއި ހިލާފަށް އެމަނިކުފާނުގެ ސިޔާސީ ހައްގުތައް ނިގުޅައިގަނެގެން ކަމަށް ވެސް ބުނެފައިވެއެވެ.

ރައްދުގައި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމިޓީން ނިންމި ނިންމުމާ ދެކޮޅު ކަމަށާއި އެމަނިކުފާނުގެ ކެންޑިޑޭސީއާއި މެދު ގޮތް ނިންމާނީ އދއިން ނޫން ކަމަށާއި ސްޕްރީމް ކޯޓުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ކަންކަމަށް އެކަށިގެންވާ ވަރަށް ރިއާޔަތް ނުކޮށް ކަމަށާއި ރައީސް ނަޝީދަކީ އެމަނިކުފާނު އެ ކުށް ކުރެއްވި ކަމަށް އެތައް ފަހަރަކު އިއުތިރާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު އަސާސީއައި ގާނޫނުތަކާއި އެއްގޮތަށް ކަމަށާއި އައިސީސީޕީއާރުއާއި ހިލާފަށް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ނަޝީދުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެމަނިކުފާނު އައްޔަން ކުރެއްވި ޕްރޮސެކިއުޓަ ޖެނެރަލް ކަމަށާއި އެމަނިކުފާނަށް ހުކުމް އިއްވާފައިވަނީ އެމަނިކުފާނުގެ ސިޔާސީ ހައިސިއްޔަތަށް ރިއާޔަތްކޮށްގެން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދަކީ ހުކުމަށް ފިއްލަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ވާދަ ކުރެއްވޭނީ 13 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން ނުވަތަ މައާފު ލިބޭތާ ތިން އަހަރު ފަހުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލު

އަޙްމަދް

މިދެންކާކު!؟ އެއްވެސް ހައިސިއްޔަތެއްނެތް މީހަކު އިސްކޮޅުން މައްޗައް އަމުރު ކުރަނީ!؟

މުގާބެ

ސަރުކާރުން މިހާރު ކޮންމެ މޮޔައެއްވެސް ގޮވާފާނެ. ބަލަ 1 ފެބްރުއަރީގަ ރައީސް ނަޝީދު އާއެކު އިތުރު ބަޔަކު ދޫކޮށްލަން އަމުރުކުރީ ޔޫއެން އަކުން ނޫނޭ. އެއީ ތިޔަ ބުނާ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެކޭ އެހެންވީމަ ދެންވެސް ބަހަނާ ނުދައްކާ އެ އަމުރު ތަންފީޒުކޮށްގަ ދެން ސްޕްރީމް ކޯޓޭ ކިޔަގަ!

މީރާ

ހެހެެހެ ގައިދީ އެހެންވެއްޖިއްޔާ މަސައްވެސް ކުރިމަތި ލެވޭނެތާ! މަވެސް 07 އަހަރު ޖަލު ހުކުމް ތަންފީޒު ކުރަމުންމިދަނީ