SO fuluhun ge boa beyli mahsala HRCM ah husha alhaifi
image
ހައްޔަރުކޮށްފައި ތިބި ފުލުނުން
1 ކޮމެންޓް
 

އެސްއޯ ފުލުހުންގެ ބޯ ބޭލި މައްސަލަ އެޗްއާރުސީއެމްއަށް ހުށައަޅައިފި

ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި އެސްއޯ ފުލުހުންގެ ބޯ ގަދަކަމުން ބޭލި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށައަޅައިފިއެވެ. dhi2
މި މައްސަލަ އެޗްއާރުސީއެމްއަށް ހުށައަޅާފައިވަނީ ހައްޔަރުކޮށް މިހާރު ވަޒީފާއިންވެސް ވަކިކޮށްފައިވާ ފުލުހުންގެ ވަކީލުންނެވެ. ގަދަކަމުން ފުލުހުންގެ ބޯ ބާލާފައިވާކަން އެނގުނީ ފުލުލުން އިއްޔެ މުއްދަތަށް ކޯޓަށް ގެނައުމުންނެވެ. މިމައްސަލާގައި ފުލުހުންގެ ވަކީލުން މިއަދުވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މީހުންގެ ނުރުހުމުގައި ބޯ ބޭލުވި ބޭލުމަކީ އެންޓި ޓޯޗާ ގާނޫނުގެ 14 ވަނަ މާއްދާގެ ށ ގެ 12 ވަނަ ނަންބަރާއި ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާނުގައި އެކަމުގައި ބައިވެރިވި ހުރިހާ އެންމެން ވެސް ކުށްވެރިވާނެ ކަމަށް ބުނެފައިވެއެވެ. ވަކީލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މީހެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ ވެސް ގާނޫނުލް އުގޫބާތުގެ 20 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

ހައްޔަރުގައި ތިބި ފުލުހުންގެ ބޯ ބޭލުވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާން ނިންމާލަމުން ޒުވާން ކުދިންތަކެއްގެ ބޯ ކޮށާލި މައްސަލައެއްގައި ފުލުހުންގެ އޭރުގެ ޑެޕިއުޓީ ކޮމިޝަނަރުގެ މައްޗަށް ދައުވާ ކުރިކަން ފާހަގަކޮށްފައިވެއެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.

ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވާ އެސްއޯ ފުލުހުންގެ ބޯ ބޭލިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ އިދާރާއިން ރަސްމީ އެއްޗެއް އަދި ނުބުނެއެވެ.
ހިޔާލު

ސޯބިރު

މުޅިގައުމުގެމުސްތަގުބަލު ތޮޅިއަށް