Jaanun fidhaavaan ulhunee kon thanaku kameh dhaulathah bune nudhevunu
image
ކްރިމިނަލް ކޯޓް
0 ކޮމެންޓް
 

ޖާނުން ފިދާވާން އުޅުނީ ކޮންތާކުކަމެއް ދައުލަތަށް ބުނެ ނުދެވުނު

ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ އެ އަމަލު ހިންގަން އުޅުނީ ކޮންތަނަކު ކަމެއް ދައުލަތަށް ބުނެ ނުދެވުނެވެ.
މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ ދެ މީހުން ޖާނުން ވިދާވެގެން ހަމަލާއެއް ދޭން އުޅުނުކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ.

ނަމަވެސް ހަމަލާދޭން އުޅުނީ ކޮންތަނަކުކަން ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ދައުލަތުންވަނީ ބުނެފައެވެ. ޖާނުން ފިވާވުމުގެ ހަމަލާދޭން އުޅުނީ ކޮންތަނެއްގައިކަން ހޯދިފައި ނުވިނަމަވެސް އެކަން ކުރަން ރޭވި ކަން އޯޑިއޯ ރިޕޯޓުން ޔަގީން ކުރެވޭ ކަމަަށް ދައުލަތުންވަނީ ޝަރީއަތުގައި ބުނެފައެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ރ މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އާއި ޏ ފުވައްމަލަކު އަލުވިމާގެ ހުސައިން އަފީފްގެ މައްޗަށެވެ.
ހިޔާލު