Tha'uleemee Fenvaru Nethumune 256 Fan'diyaaraku Maqaamun Vakikohfi
/
image
ކޮންގޯގެ ރައީސް-- އޭނާ ވަނީ ކޮންގޯގެ 256 ފަނޑިޔާރަކު މަގާމުން ވަކިކުރައްވާފަ
1 ކޮމެންޓް
 

ތައުލީމީ ފެންވަރު ނެތުމުން 256 ފަނޑިޔާރަކު މަގާމުން ވަކިކޮށްފި

ޝަރުއީ ދާރިއާއިން ޑިގްރީއެއް ނެތުމާއި ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ކޮންގޯގެ 256 ފަނޑިޔާރަކު މަގާމުން ވަކިކޮށްފިއެވެ.
ކޮންގޯގެ ޖަސްޓިސް މިނިސްޓަރު ތަމްބްވީ ވިދާޅުވި ގޮތުގައި ފަނޑިޔާރުންތައް މަގާމުން ވަކިކުރެއްވީ އެގައުމުގެ ރައީސް ޖޯސެފްއެވެ.

އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން 256 ފަނޑިޔާރަކު ވަނީ ސަސްޕެންޑް ނުވަތަ މަގާމުން ދުރުކުރެވިފައެވެ. އޭގެ އިތުރުން ދެ ފަނޑިޔާރަކު މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވި ކަމަށާއި އިތުރު ފަނޑިޔާރަކު ރިޓަޔާކުރެއްވި ކަމަށް ކޮންގޯގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ކޮންގޯގެ 96 ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައެވެ.
ކޮންގޯ އެފްރިކާ
ހިޔާލު

މަލ؛ަކުރި

ގައުމުގެ ކަންކަން އިސްލާޙު ކުރުމަށް ނަމޫނާ ލީޑަރޝިޕް ދައްކުވައިދޭ ކަމެއް