Sarukaarun Athuli Rahthakuge Massala Supreme Courtun Villa Aa Ekkolhah Nimmaifi
image
ދިވެހި ރާއްޖޭގެ ސުޕްރީމު ކޯޓު ފޮޓޯ:---
3 ކޮމެންޓް
 

ސަރުކާރުން އަތުލި 5 ރަށުގެ މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމައިފި

ފަރުތުވެރިކަމަށް ދޫކުރި 5 ރަށެއް ސަރުކާރުން ނެގި މައްސަލަ ސުޕްރީމް ކޯޓުން ވިލާ ގްރޫޕާ އެއްކޮޅަށް ނިންމައިފިއެވެ.
ސުޕްރީމު ކޯޓުން ވަނީ މީގެ ކުރިން ހައި ކޯޓުން ވިލާއާ ދެކޮޅަށް ނިންމާފައި މައްސަލާގައި ކުރި ހުކުމް ބާތިލުކޮށް އެ ތަންތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ. މި ރަށްތައް ސަރުކާރަށް ނަގަން ނިންމީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދައްކާފައި ނުވާ ކަމަށް ބުނެއެވެ.

ސްޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅެއް އަތުލި މައްސަލާގައި އެ ކުންފުނިން ދައުލަތުގެ މައްޗަށް ކުރާ ދައުވާކުރަނީ އެމައްސަލާގައި ސިވިލް ކޯޓުން އެކުންފުންޏާއި ދެކޮޅަށް ނިންމި ނިންމުން 2015 ވަނަ އަހަރު ހައިކޯޓުން ބާތިލްކުރި މައްސަލާގައެވެ. އެއީ ތ އެލާއާއި ރ މާނެންފުއްޓާއި ގދ ގަޒީރާއާއި ކ މާދިއްގަރުފަޅާއި ކ ބޮލިދުއްފަރުފަޅުގެ މައްސަލަތަކެވެ.

އެ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިންއާއި ވިލާ ހޮޓެލްސްއާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑުންނެވެ.

ވިލާ ގުރޫޕް އަތުން އަތުލާފައިވާ އެ ފަޅުތަކާއި ރަށްތަކުގެ މައްސަލަ ސްޕްރީމް ކޯޓްގައި ކުރިއަށް ދަނިކޮށް މީރާއިންވަނީ އެ ފަޅުތަކާއި ރަށްތަކުން ލިބެން ޖެހޭ ކަމަށް ބުނާ 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓްގައި ދައުވާވެސް ކޮށްފައެވެ.
ހިޔާލު

ކަމަނަ

އާޒިމާ ރީތިގޮތުގައި ސަރުކާރަށް 2.9 މިލިޔަން ދައްކައިދެއްވަ؟

އައިއެފް

މިރޭ އެސްސީގެ ފުރާޅުން ޓިނުނަގައި 3 ފަނޑިޔާރުން ހައްޔަރެއް ނުކުރާނެބާ. ރ. ޔާމީނު ޔަޤީންކަން ދެއްވާފައި އޮތީ މިހާރު ތިއްބެވި 3 ފަނޑިޔާރުން ރިޝްވަތު ނުހިފާނެކަމާއި ބަޤާވާތް ނުކުރާނެކަން. ދެން ބަލަން ތިބެމާ....

ޓަނު

އަވަހައް ކުއްލިނުރައްކާ އިއުލާނުކުރޭ؟