Fathuruverinn Ziyaaraikuri Adhadhu 18 Percent Ithuruvehje
image
ކްރޫޒްލައިނާއަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މާލޭގައި--ފައލް ފޮޓޯ
0 ކޮމެންޓް
 

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 18 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ މާޗް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ މާޗް މަހަށްވުރެ 18.5 އިންސައްތަ އިތުރުވެއްޖެއެވެ. kobadoctor
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ މާޗް މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 133،466 ފަތުރުވެެރިން ޒިޔާރަތްކޮށްފައިވެއެވެ. 2017 ވަނަ އަހަރުގެ މާޗްމަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 112،665 ފަތުރުވެރިންނެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޖަރުމަނު، އިޓަލީ، ޗައިނާ ހިމެނެއެވެ.

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 11 އިންސައްތަ ހިއްސާކުރަނީ ޖަރުމަނުގެ ފަތުރުވެރިންނެވެ. އެގައުމުން 14،692 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ މަހު ޗައިނާއިން ރާއްޖެއަށް 13،203 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިޓަލީން 13،198 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ހިޔާލު