Hospital ge Faahaanaa Hadivefaivaathee Council Member Goss Faahaanaa Saafukoffi
image
3 ކޮމެންޓް
 

ހޮސްފިޓަލުގެ ފާހާނާ ހަޑިވެފައިވާތީ، މެމްބަރު ގޮސް ފާހާނާ ސާފުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފާހާނާ ހަޑިވެފައިވާކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް އެތަން ސާފުކުރުމުގެ މަސައްކަތް އައްޑޫސިޓީ މަރަދޫ ދާއިރާގެ މެމްބަރު ފައިސަލް އިބްރާހީމް ކޮށްފިއެވެ.
އަމިއްލައަށް އިސްނަންގަވައިގެން ފައިސަލް، އެހޮސްޕިޓަލުގެ ފާހާނާ ސާފުކޮށްފައިވަނީ ފާހާނާ ނުތާހިރުވުމުގެ ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އައްޑޫގެ ރައްޔިތުން ކުރަމުން ދަނިކޮށެވެ. އެގޮތުން އެމައްސަލައިގައި ސަރުކާރަށް އެއްބަޔަކު ފާޑުކިޔަމުންދާއިރު، އަނެއްބަޔަކުވަނީ އެއީ ރައީސް ޔާމީން ކުރަން ޖެހޭކަމެއްތޯ ސުވާލު އުފައްދާފައެވެ.

އެނގިފައިވާ ގޮތުގައި ފައިސަލް ސާފުކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ވޯޑްގެ ފާހާނާއެވެ. ހޮސްޕިޓަލުގެ ފާހާނާ ސާފުކުރުމުގެ މަސައްކަތް ފައިސަލު އެކަނި ގޮސް ކޮށްފައިވާތީ ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރަމުންނެވެ.




ފާހާނާ ނުތާހިރު މައްސަލައިގައި ގިނަ ބަޔަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، އެކަމާއި ގުޅިގެން އެހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ހިޔާލު

އަޙްމަދް

ހެހޭ: އެމްޑީޕީ ކައުސިލަރެއް ވީއްޔާ ތީ އެމީހުންގެ ތަޢުލީމީ ފެންވަރު.
ޕޕއެމް ކައުންސިލަރެއްވިއްޔާ ތި ޘާބިތު ކޮއްދިނީ އެމީހުންގެ މަތީ ތަޢުލީމުގެ ފެންވަރާއި އެކުވެސް ހިތްވަރު ގަދަކަމާއި ކެރޭކަން.

މަލަކުރި

ސަޅި ކަމެއް

ސަޒުނާ

ވަރަށް ރަގަޅު