Beyruge Masters Chefunnaa eku Dhivehi Chefunnah Master Classthakeh Fashaifi
image
0 ކޮމެންޓް
 

ބޭރުގެ މާސްޓާ ޝެފުންނާއެކު ދިވެހި ޝެފުންނަށް މާސްޓާ ކްލާސްތަކެއް ފަށައިފި

ދުނިޔޭގެ މަޝްހޫރު ދެ ޝެފަކާއެކު، ދިވެހި ޝެފުންނަށް އަމާޒުކޮށްގެން ބާއްވާ މާސްޓާ ކްލާސްތަކެއް ފަށައިފިއެވެ. muni
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް ގުޅިގެން ކުރިއަށް ގެންދާ އެ ކްލާސްތައް ކުރިއަށް ގެންދަނީ ހުޅުލެ އައިލެންޑް ހޮޓެލްގެ ރަސްމާލަން ބޯލްރޫމްގައެވެ.

ކްލާސްތަކުގައި ކިވައިދެނީ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތު ޝައިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯއެވެ. އެ ކްލާސްތަކުގައި ބަރިސްތާ ވޯކްޝޮޕެއް ވެސް ކުރިއަށްދާނެ ކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި މިއީ އެފަދަ ކްލާސްތަކެއް ބާއްވާ ހަވަނަ ފަހަރެވެ. މިފަހަރު ކްލާސްތައް ބާއްވަނީ މިމަހު ބާއްވާ ހޮޓެލް އޭޝިޔާ ފެއާއާ ދިމާކޮށެވެ ބީބީއެމްއަކީ ދިވެހި ޝެފުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށް މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

މިއަދާއި މިރޭ ކުރިއަށް ގެންދާ ކްލާސްތަކުގައި ސެޓްފިކެޓް ދިނުމާއި ސުވާލާއި ޖަވާބުގެ ސެޝަންތަކެއް ކުރިއަށްދާނެއެވެ.
ހިޔާލު