New Radiant Athun Victory Ah Hani Molheh
image
ނިއުގެ ދަގަނޑޭ (ކ) ވިކްޓަރީގެ ހަމްދާން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
0 ކޮމެންޓް
 

ނިއު ރޭޑިއަންޓު އަތުން ވިކްޓްރީއަށް ހަނި މޮޅެއް

ރޭ މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ބައްދަލު ކުރި މެޗު ވިކްޓްރީން ކާމިޔާބު ކޮށްފިއެވެ.
ވިކްޓްރީން ރޭގެ މެޗު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވިކްޓްރީންނެވެ. މެޗުގެ 31 ވަނަ މިނިޓްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ މި ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ބިދޭސީ ފޯވާޑު ސައިމަން ޓީބޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ވިކްޓްރީ ކުރީގައި އޮވެއެވެ.

ދެވަނަ ހާފު ފަށައިގެން ނިއު އިން ވަނީ ކުރިއަށް ޖެހިގެން ކުޅެން ފަށާފައެވެ. އެގޮތުން ފުލުފުލުގައި ނިއު ރޭޑިއަންޓުން ވަނީ ނުރައްކާތެރިން ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. މިއާއެކު ނިއު ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގާ ކައުންޓާ އެޓޭކުން ވިކްޓްރީގެ ދެވަނަ ލަނޑު ޖެހީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. މެޗުގެ 72 ވަނަ މިނެޓުގައި ސެންޓޭގެ ހުރަހަކުން އަތީގް ވަނީ ލަނޑެއް ޖަހާ ނިއު ރޭޑިއަންޓުގެ ސުންކަނޑުވާލަދީފައެވެ.

މެޗުން މޮޅުވެ ވިކްޓްރީ ލީގުގެ ދެވަނައަށް ޖެހިލިއިރު ލީގުގު އެއް ވަނާގައި އަދިވެސް އޮތީ ނިއު ރޭޑިއަންޓެވެ.

ހިޔާލު