India ga 4 Mahuge Kujjaku Rape Koh Maraalaifi
image
ރޭޕްކުރުމާއި ދެކޮޅަށް އިންޑިއާގައި ބޭއްވި އެއްވުމެއްގައި ބަޔަކު ޝުއޫރު ފާޅުކުރަނީ
1 ކޮމެންޓް
 

އިންޑިއާގައި 4 މަހުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

އިންޑިއާގެ ސިޓީއެއްކަމުގައިވާ އިންޑޯރްގައި ހަތަރު މަހުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފިއެވެ. kobadoctor
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ބުރާސްފަތި ދުވަހުއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޝިވް ވިލާސް ޕެލެސްގެ ބޭސްމަންޓުން ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިހާރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މަރުވި ކުއްޖާގެ އޮޓޮޕްސީ ހަދާފައިވާއިރު ޖިންސީ އަނިޔާ ލިބިފައިވާކަން ރިޕޯޓުން ހާމަވާ ކަމަށާއި ކުއްޖާ މަުރވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އިންޑިއާގެ ކަޝްމީރުގައި ގޭންގަކުން ރޭޕްކޮށް އުމުރުން އަށް އަހަރުގެ ކުއްޖަކު ވަނީ މަރާލާފައެވެ. ކަޝްމީރުގައި ރޭޕްކޮށް މަރާލި އަށް އަހަރުގެ ކުއްޖާގެ މައްސަލާގައި އެގައުމުގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
ހިޔާލު

ފައިސާ ފައިސާ

ޢިންޑިއާގެ ނަން ބަދަލުކުރަންވީ ރޭޕިސްތާނަށް.