Taylor Swift ge Geyge Kudadhoru Halaakukohlaigen Vai Meehaku Hayyarukohfi
image
ޓެއިލާ ސްވިފްޓް
0 ކޮމެންޓް
 

ޓެއިލާ ސްވިފްޓްގެ ގޭގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަތް މީހަކު ހައްޔަރުކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ގެއަށް ވަތް މީހަކު ހައްޔަރުކޮށްފިއެވެ. kobadoctor
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިރިހެނެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ފިރިހެންމީހާ ޓެއިލާގެ ގެއަށް ވަދެފައިވަނީ ހަރުގަނޑަކުން އަރައި، އެގޭގެ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ.

ޓެއިލާގެ ގެއަށް ވަދެ އެމީހާ ވަނީ އެގެއިން ފެންވަރާ، އެގޭގައި ނިދާފައެވެ. އެ ގެއަކީ ނިއު ޔޯކު ސިޓީން ޓެއިލާ ގަނެފައިވާ ގެއެކެވެ.

އެހާދިސާ ހިނގި ވަގުތު ޓެއިލާ އެގޭގައި ނޫޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓެއިލާގެ ގެއަށް މީހަކު ވަތްކަން ފުލުހުންނަށް ރިޕޯޓުކުރީ، ހަރުގަނޑު ބަހައްޓައިގެން އަރާ ކުޑަދޮރު ހަލާކުކޮށްލައިކޮށް މަންޒަރު ދުށް މީހެކެވެ.

މިމަހުގެ ތެރޭގައި ޓެއިލާގެ ގެއެއްގެ ބޭރު ފާރުމަތިން އަރަން އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ހިޔާލު